ނޭވާލާ ނިޒާމަށް ޖެހޭ، ގައަށް ގަޔަށް ފަސޭހަކަމާއެކު އަރާ އާރް.އެސް.ވީ ވައިރަސް ފެތުރެނީ ހަމައެކަނި ކުޑަކުދިންނަށް ނޫނެވެ. ބޮޑެތި މީހުންނަށްވެސް މިވައިރަހުގެ ނުރައްކާ އިންތިހާއަށް ބޮޑެވެ. ވަކިން ޚާއްސަކޮށް އުމުރުން 60 އަހަރުން މަތީގެ މީހުންނަށް މިބަލީގެ ނުރައްކާ މާބޮޑެވެ. އާއިލާގެ ކުޑަކުއްޖަކަށް މިވައިރަސް ޖެހިފައިވާކަން އެނގުމުން، އެ ކުއްޖާ އުމުރުން ދުވަސްވީ މީހުންނާ ދުރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދެއްވަނީވެސް މިދެންނެވި ސަބަބާހުރެއެވެ.
އާންމުކޮށް ފިނި މޫސުންތަކުގައި ފެތުރޭ މި ވައިރަހަކީ، އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފަދައިން ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. ކުޑަކުދިންގެ ދިފާއީ ނިޒާމު ފުރިހަމައަށް ތަރައްގީވެފައި ނުވާތީ، މިއީ ކުޑަކުދިންނަށް ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، ބޮޑެތި މީހުންނަށްވެސް މީގެ ނުރައްކާ ކުޑައެއް ނޫނެވެ.
ބޮޑެތި މީހުންނަށް އާރް.އެސް.ވީ ޖެހުމުން ވާގޮތް:
ގިނަ ފަހަރަށް މިއީ އާދައިގެ އަރިދަފުސް ރޯގާއެއްގެ އަލާމާތްތައް ފެންނަ ބައްޔެއް ނަމަވެސް، ބައެއް ބޮޑެތި މީހުންނަށް މީގެ ސަބަބުން ނިއުމޯނިއާ ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވެއެވެ. ޚާއްޞަކޮށް ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް މި ނުރައްކާ ބޮޑެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ އުމުރުން ދުވަސްވީ މީހުން މި ބަލީގައި އެޑްމިޓްކުރަންޖެހި، ފުރާނައަށް ނުރައްކާވާ ހާލަތްތައް މެދުވެރިވެއެވެ.
ބަލީގެ އަލާމާތްތައް:
އާރް.އެސް.ވީ ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުން ނުވަތަ ވައިރަސް ހުރި ތަނެއްގައި އަތްލުމަށްފަހު އަމިއްލަ މޫނުގައި އަތްލުމުންނެވެ. ބަލީގެ އަލާމާތްތައް ފެންނަން ހަފުތާއެއްހާ ދުވަސް ނަގާފާނެއެވެ. މިބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ތިރިގައި މިބަޔާންކުރާ ފަދަ "ރެޑް ފްލެގް" އަލާމާތްތައް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރީ އެހީތެރިކަން ހޯދަންވާނެއެވެ.
އާރް.އެސް.ވީ ބަލީގެ އަލާމާތްތައް:
-ކެއްސުން
-ކެއުމަށް ބޭނުންވާ މިންވަރު މަދުވުން
-ހުން އައުން
-ބޮލުގައި ރިހުން
-ލޯ ރަތްވުން
-ނޭފަތުން ފެން އައުން
-ކިނބިހި އެޅުން
-ކަރުގައި ރިހުން
-ނޭވާލާއިރު އަޑުގަދަވުން
-ނޭވާލާން އުނދަގޫވުން،
-ހަންގަނޑު ނޫކުލަވުން ނުވަތަ ކެއްސުން ގޯސްވުން
އާރް.އެސް.ވީ ބަލި ދެނެގަތުމާއި ފަރުވާ:
ބަލި ދެނެގަތުމަށްޓަކައި ރެޕިޑް ޓެސްޓެއް ހެދޭނެއެވެ. މީގެ އިތުރުން ޑޮކްޓަރުން ޖިސްމާނީ ބެލުންތައް ބަލައި، ބަލި ބޮޑުނަމަ އެކްސް-ރޭ ނުވަތަ ސީޓީ ސްކޭން ހަދަން ލަފާދީފާނެއެވެ.
އާރް.އެސް.ވީ އަކީ ވައިރަހެއް ކަމުން އެންޓިބަޔޮޓިކުން ފަރުވާއެއް ނުކުރެވޭނެއެވެ. އާދައިގެ ހާލަތްތަކުގައި ގޭގައި އަރާމުކުރުމާއި، ގިނައިން ދިޔާ އެއްޗެހި ބުއިމާއި، ހުން މަޑުކުރާ ބޭސް ބޭނުންކުރުމުން ރަނގަޅުވާނެއެވެ. ނަމަވެސް، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުން ޑޮކްޓަރުގެ ލަފާ ހޯދުން މުހިންމެވެ. ހާލަތު ސީރިއަސްވެއްޖެނަމަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އޮކްސިޖަން ދިނުމާއި އައިވީ ފްލުއިޑް ދޭންޖެހިދާނެއެވެ.
އާރް.އެސް.ވީ ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:
އަތް ދޮވުން : ސައިބޯނިލައިގެން މަދުވެގެން 20 ސިކުންތު ވަންދެން ރަނގަޅަށް އަތް ދޮންނާށެވެ. ސައިބޯނި ނެތް ހާލަތްތަކުގައި ސެނެޓައިޒާ ބޭނުންކުރާށެވެ.
މޫނުގައި އަތްނުލުން : ނުދޮވެ ހުންނަ އަތުން ލޯ، ނޭފަތް އަދި އަނގަޔަށް އަތްލުމުން ދުރުހެލިވާށެވެ.
ސާފުތާހިރުކަން : ގޭތެރޭގައި ގިނައިން އަތްލާ ތަންތަން (ދޮރުގެ އަތްގަނޑު، ސްވިޗް ފަދަ ތަންތަން) ސާފުކޮށް ބަލަހައްޓާށެވެ.
ދިފާއީ ނިޒާމު ވަރުގަދަކުރުން : ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، އެކަށީގެންވާ މިންވަރަށް ނިދި ހޯދުމަކީ ބަލިތަކުން ދުރުކޮށްދޭނެ ކަންކަމެވެ.
ވެކްސިން ޖެހުން : އުމުރުން 60 އަހަރުން މަތީގެ މީހުން އާރް.އެސް.ވީ ވެކްސިން ޖެހުމާ ގުޅޭގޮތުން ޑޮކްޓަރާ މަޝްވަރާކުރުން މުހިންމެވެ.
މީގެ އިތުރުން، ބަލިޖެހިފައިވާ މީހުންނާ ގާތްވެ އުޅުމުން ދުރުހެލިވުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅެވެ.
މިއީ ނޭވާލާ ނިޒާމަށް ޖެހޭ، ވަރަށް ފަސޭހައިން ގައަށް ގަޔަށް އަރާ އާންމު ވައިރަހެކެވެ. ބޮޑެތި މީހުންނާއި އުމުރުން ދުވަސްވީ ކުދިންނަށް މި ބަލި ޖެހުމުން އާންމުކޮށް ފެންނަނީ އާދައިގެ އަރިދަފުސް ރޯގާއެއްގެ އަލާމާތްތައް ކަމުގައިވިޔަސް، ތުއްތު ކުދިންނާއި، ކުޑަކުދިން އަދި ސިއްހީގޮތުން ބަލިކަށި އުމުރުން ދުވަސްވީ މީހުންނަށް މި ބަލީގެ ސަބަބުން ފުއްޕާމޭގެ ނުރައްކާތެރި ބަލިތައް (މިސާލަކަށް ނިއުމޯނިއާ އަދި ބްރޮންކިއޮލައިޓިސް) މެދުވެރިވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު