ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ކަމުގައިވީ ނަމަވެސް، އެ ފަރުވާއެއް ހޯދުމުގައި ހުރި ދަތިތަކާއި ބަލިމީހާގެ ހާލަތަށް ރިއާޔަތްކޮށް، އާސަންދަ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ދެވޭ ގޮތަށް "ހުސްނުވާ އާސަންދަ" ސްކީމް ހިންގުމުގެ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
ސަރުކާރުން މިއަދު އަލުން ގެޒެޓުކުރި "ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު" ގައިވާ ގޮތުން، މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. މީގެ ކުރިން އާސަންދައިގެ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވަނީ ހަމައެކަނި ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދުމަށެވެ.
ނަމަވެސް އައު އިސްލާހާއެކު، ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ކަމުގައިވީ ނަމަވެސް، އެ ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި ވަށައިގެންވާ އެހެނިހެން ކަންތައްތަކަށް ރިއާޔަތްކޮށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އަލަށް އަމަލުކުރަން ފެށި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖެއިން ބޭރަށް އާސަންދައިގެ އެހީގައި ފަރުވާއަށް ދެވޭނީ ތިރީގައިވާ ހާލަތްތަކުގައެވެ:
- ބަލީގެ ބާވަތާއި، ބަލިމީހާގެ ހާލަތާއި، ރާއްޖޭގައި އެ ފަރުވާ ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ވަށައިގެންވާ އެހެނިހެން ކަންތައްތަ
ކަށް ރިއާޔަތްކޮށް ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ހޯދުމަށް.
- ސްކީމުން ހުއްދަކުރާ ރާއްޖެއިން ލިބެން ނެތް ހިދުމަތަކަށް ރިފާކުރުން.
- ސްކީމުގައި ރަޖިސްޓްރީކުރެވިފައިވާ ހިދުމަތްދޭ މަރުކަޒެއްގައި ދެވޭ ހިދުމަތްތަކުގެ ތެރެއިން ސްކީމުގެ ދަށުން ރަޖިސްޓްރީ (އެމްޕެނަލް) ކުރެވިފައިނުވާ ހިދުމަތެއް ހޯދުމަށް.
އާސަންދަ ސްކީމަށް ގެނެވުނު މި ބަދަލާއެކު، ބޭރަށް ފޮނުވާ ބަލިމީހުންގެ ކަންކަން ނިންމުމުގައި މެޑިކަލް ބޯޑުން ބަލާނެ މިންގަނޑުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިއީ ރައްޔިތުންނަށް ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް، ފަސޭހަކަމާއެކު ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު