ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަމުންދާ "އާސަންދަ" ސްކީމްގެ ނިޒާމު ބަދަލުކޮށް ހުރިހާ ރައްޔިތުންނަކީ ވެސް އެލައިޑް އިންޝުއަރެންސްގައި ބައިވެރިކޮށްފައިވާ ބަޔަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ގޮވާލައްވައިފިއެވެ.
ޝާހިދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ދެމުން އަންނަ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖް އުވާލުމަށް އެދި 7،000 އަށް ވުރެ ގިނަ ރައްޔިތުން ސޮއިކޮށް މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ގުޅޭގޮތުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން ޝާހިދު ވިދާޅުވީ، މެންބަރުންނަށް ލިބޭ އިންޝުއަރެންސަކީ ރައްޔިތުންނަށް ނުލިބޭ ފަދަ މާ ފުރިހަމަ އަދި އަގުބޮޑު އިނާޔަތެއްގެ ގޮތުގައި ދެއްކުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ހަގީގަތް އޮޅުވާލުމެއް ކަމަށެވެ. އަދި މަޖިލިސް މެންބަރުން ވެސް ހިމެނޭ ފަދަ އިންޝުއަރެންސް ސްކީމަކަށް ރައްޔިތުން ބަދަލުކޮށްފި ނަމަ، ދައުލަތުގެ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރެވިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އާސަންދައިގެ ދަށުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކާ އަޅާބަލާއިރު މެންބަރުންގެ އިންޝުއަރެންސް އޮންނަނީ ވަރަށް ހަނިކޮށްކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، އެލައިޑް ފަދަ އިންޝުއަރެންސަކުން ހުރިހާ ހަރަދެއް ހަމަޖައްސައިނުދޭ ކަމަށެވެ. އެގޮތުން އާސަންދައިން ބޭސްފަރުވާއަށް ދާ މީހުންނަށް ދެކޮޅު ޓިކެޓާއި، އެންސްޕާ މެދުވެރިކޮށް އިތުރު އެލަވަންސްތައް ލިބުނު ނަމަވެސް، މެންބަރުންނަށް އެފަދަ އެއްވެސް ލުޔެއް ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މި ދަންނަވަނީ މިއަދު ވެސް، ދިވެހި ރައްޔިތުން އިންޝުއަރެންސް ޕެކޭޖްގައި ހިމަނަން ޖެހޭ ދިވެހި ދައުލަތަށް މާ ބޮޑަށް ވެސް ލުއިވާނެ. މާ ފަސޭހަވާނެ. އެކަމަކު ފަހުން ގަބޫލުކުރަން ޖެހޭނެ މީގަައި ޖެހުނީމާ އެއްކަލަ ޓިކެޓް ވެސް ނުލިބޭކަން،" ޝާހިދު ވިދާޅުވިއެވެ.
ރައްޔިތުންގެ ޕެޓިޝަނާ މެދު ނުރުހުން ފާޅުކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ބޭސްފަރުވާ ކަށަވަރުކޮށްދިނުމަކީ މުހިންމު ކަމެއް ނަމަވެސް، އެއްވެސް ހައްދެއް ނެތި "ހުސްނުވާ އާސަންދަ" އިން ކުރަމުންދާ ހަރަދުތަކަކީ ދައުލަތުގެ މާލިއްޔަތަށް އޮތް ބޮޑު ތަކުލީފެއް ކަމަށެވެ. އަދި އާސަންދައަށް ފައިސާ ދައްކަމުން ގޮސް ދައުލަތް ބަނގުރޫޓުވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު