2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކައި ހަލާސްކުރުމާއި، އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
ސަރުކާރުން މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ.
ސުކޫކުގެ އަސްލު އަދަދާއި އޭގެ ފައިދާ ހިމެނޭހެން ޖުމްލަ 524.68 މިލިއަން ޑޮލަރު ދައްކާފައިވާއިރު، މިއީ ގައުމުގެ ޖީޑީޕީއާ ނިސްބަތްކޮށް ދައުލަތުގެ ދަރަނި ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިކަމާ ގުޅޭގޮތުން އަޒާން ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ މީގެ ކުރިން މާލީ ގޮތުން ”ޑިފޯލްޓް“ ނުވާތީ މި ކާމިޔާބީގެ އަގު ބައެއް ފަރާތްތަކުން ކުޑަކުރަން އުޅުނަސް، މިފަދަ އިގްތިސާދީ ހާލަތެއްގައި ރާއްޖެއިން މީގެ ކުރިން މިހާ ބޮޑު އަދަދެއް ދައްކާފައި ނުވާކަން ފާހަގަކުރެވެއެވެ.
އެހެން ގައުމުތަކަށް ދިމާވި ފަދަ މާލީ ކާރިސާތަކުން ރާއްޖެ ސަލާމަތްވެ، މިނިވަން ގައުމެއްގެ ގޮތުގައި މި ދަތި މަރުހަލާ ކަޑައްތުކުރުމަކީ ގައުމީ ފެންވަރުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު