އަންހެނަކު ބާލިޣުވެ، ފުރަތަމަ މައްސަރު ކަންތައް ޖެހުމާއެކު ފެށޭ ހޯރމޯންތަކުގެ ދައުރު، އޭނާގެ އުމުރުން 40 ނުވަތަ 50 ގެ އަހަރުތަކާ ހަމައަށް ދެމިގެންދެއެވެ. މި މުއްދަތުގެ ތެރޭގައި ބާލިޣުވުމާއި، ބަނޑުބޮޑުވުމާއި، އިއްދައިން ވަކިވުމާ ގާތްވުން (ޕެރިމެނޯޕޯޒް) އަދި އިއްދައިން ވަކިވުން (މެނޯޕޯޒް) ފަދަ އެތައް މަރުހަލާތަކެއް ކަނޑަތުކުރަން ޖެހެއެވެ. އަންހެނުންގެ ސިއްހަތަކީ ދިރާސާކުރެވޭ މުހިންމު ދާއިރާއަކަށް ވީނަމަވެސް، މިކަމާ ގުޅޭ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ގިނަ ބަޔަކަށް އަދިވެސް މި މަރުހަލާތަކުގައި ކުރިމަތިވާ ބައެއް ކަންކަމަކީ ބިރުވެރި އަދި ނޭނގޭ ކަންތައްތަކެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މިކަމާ ގުޅޭގޮތުން މަޝްހޫރު ނިއުޓްރިޝަނިސްޓް އަދި ފައުންޑޭޝަނަލް މެޑިސިން އެކްސްޕާޓް ދީޕިކާ ރާތޯޑް ހާމަކުރައްވާފައިވާ ގޮތުގައި، ގިނަ އަންހެނުންނަށް މައްސަރު ކަންތަކާ ގުޅިގެން "ބްރެއިން ފޮގް" ނުވަތަ ސިކުނޑި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މިސާލަކަށް ވާހަކަ ދައްކަމުން ދަނިކޮށް ކުއްލިއަކަށް ބުނަން އުޅުނު ވާހަކަ ހަނދާން ނެތުމާއި، ކުދިކުދި ކަންތައްތަކާ މާ އަވަހަށް ރުޅި އައުމާއި، ނުވަތަ ސަބަބެއް ނޭނގި މާ ބޮޑަށް ދެރަވުން ފަދަ ކަންކަން މީގެ ތެރޭގައި ހިމެނެއެވެ. ގިނަ އަންހެނުންނަށް މިއީ ކޮންމެ މަހަކު ކުރިމަތިވާ ކަމަކަށް ވާތީ، މިއީ ހަމައެކަނި ނިދި މަދުވުމުގެ ނުވަތަ ވަރުބަލިވުމުގެ ސަބަބުން ވާކަމެ
އް ކަމަށް ހީކޮށް މިކަން އާދައިގެ ކަމަކަށް ހަދައެވެ. ނަމަވެސް މިއީ ހޯރމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިކުނޑިއަށް ކުރާ އަސަރެކެވެ.
"ބްރެއިން ފޮގް" އަކީ ކަންނެތްކަމެއް ނޫން ކަމަށާއި، މިއީ ހަގީގީ އަލާމާތްތަކެއްގެ މައްޗަށް އެކުލެވިގެންވާ ކަމެއްކަން ދީޕިކާ ފާހަގަކުރައްވައެވެ. މީގެ ތެރޭގައި ބޭނުންވާ ލަފްޒުތައް ހަނދާނަށް ނައުމާއި، ވިސްނުމުގެ ދުވެލި މަޑުވުމާއި، އެއްފަހަރާ ގިނަ މަސައްކަތްތަކެއް ކުރާއިރު ސަމާލުކަން ދޭން އުނދަގޫވުމުގެ އިތުރުން، އާދައިގެ މަސައްކަތެއް ކުރުމަށްފަހު ވެސް ނަފްސާނީ ގޮތުން ވަރުބަލިވުން ހިމެނެއެވެ. ޕީ.އެމް.އެސް (ޕްރީ މެންސްޓްރޫއަލް ސިންޑްރޯމް) ގެ ދުވަސްވަރު، ނުވަތަ މައްސަރު ކަންތައް ފެށުމުގެ 7 އާއި 10 ދުވަސް ކުރިން، އީސްޓްރޯޖަން އަދި ޕްރޮޖެސްޓަރޯން ހޯރމޯންތައް ވަރަށް ބޮޑަށް ދަށަށް ދެއެވެ. މި ހޯރމޯންތަކަކީ ހަމައެކަނި ދަރިމައިވުމުގެ ނިޒާމު ކޮންޓްރޯލްކުރާ އެއްޗެއް ނޫން ކަމަށާއި، މިއީ ސިކުނޑިއަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭ އެއްޗެއްގެ ގޮތުގައި ވެސް މާހިރުން ސިފަކުރެއެވެ.
މި ހޯރމޯންތައް ދަށަށް ދިއުމުން، އުފާވެރިކަން އިހުސާސްކޮށްދޭ "ސެރޮޓޮނިން" އަދި ހަމަޖެހުން ގެނެސްދޭ "ގާބާ" ގެ މިންވަރު ވެސް ދަށްވެގެންދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރުޅިގަދަވުމާއި، ކާހިތްވުމާއި، މޫޑަށް ބަދަލު އައުން ފަދަ ކަންކަން މެދުވެރިވެއެވެ. އުމުރުން 20 ނުވަތަ 30 ގެ އަހަރުތަކުގައި ހަށިގަނޑު މި ބަދަލުތަކުން އަވަހަށް އަރައިގަނެއެވެ. ނަމަވެސް އިއްދައިން ވަކިވާ އުމުރާ ގާތްވުމުން މި ހޯރމޯންތަކަށް އަންނަ ބަދަލުތައް މާ ބޮޑުވެފައި، އެކަމުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ނުވަތަ މަސްތަކެއް ނަގާފާނެއެވެ. އަންހެނުންގެ ސިއްހީ ދިރާސާތައް ތާރީޚީ ގޮތުން މަދުވުމުގެ ސަބަބުން، މިފަދަ ބޮޑެތި ބަދަލުތަކަކީ އާދައިގެ ކަންކަމުގެ ގޮތުގައި ގިނަ ފަހަރަށް މާނަކުރެވެއެވެ.
ސިކުނޑިއަށް ކުރިމަތިވާ މި އުނދަގޫތަކަކީ ދާއިމީ ކަމެއް ނޫން ކަމަށާއި، ހަށިގަނޑު އައު މަރުހަލާއަށް ހޭނުމުން މިކަން ރަނގަޅުވާނެ ކަމުގެ ޔަގީންކަން މާހިރުން ދެއްވައެވެ. މިކަމަށް އެހީތެރިވުމުގެ ގޮތުން ފުން ނިދި ނިދުމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ހަށިގަނޑު މަރާމާތުވެ ހޯރމޯންތައް ހަމަޖެހެނީ ރަނގަޅު ނިދީގެ ތެރެއިން ކަމަށްވާތީއެވެ. މީގެ އިތުރުން ގަވާއިދުން ކަސްރަތު ކުރުމާއި، ސިކުނޑިއަށް ފައިދާހުރި ކާނާ ކަމަށްވާ އޮމެގާ-3 އެކުލެވޭ މަހާއި، އެކި ބާވަތުގެ އޮށްތަކާއި، ފަތްޕިލާވެލި އަދި ޕްރޮޓީން ބޭނުންކުރުން އިތުރުކުރަންޖެހެއެވެ. ހަމައެއާއެކު، ބޭނުންކުރާ ހަކުރުގެ މިންވަރު މަދުކުރުމާއި، މާހިރުންގެ ލަފާގެ މަތިން ބޭނުންވާ ސަޕްލިމެންޓްތައް ނެގުމަކީ "ބްރެއިން ފޮގް" އިން އަރައިގަތުމަށް ކުރެވިދާނެ މުހިންމު މަސައްކަތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު