ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުވާ ފާޑުކިޔުންތަކާއި، އެއްގޮތް ސުވާލުތަކެއް ތަކުރާރުކޮށް ކުރަމުންދިއުމަކީ އެމްޑީޕީގެ އެތެރޭގެ އެއްބައިވަންތަކަމަށް އަސަރު ކޮށްފާނެ ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި، ރައީސް ނަޝީދު އަތޮޅުތަކަށް ކުރަށްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުތަކުގައި އާންމު މެމްބަރުން ދަނީ އެމަނިކުފާނު މީގެ ކުރިން ޕާޓީ ދޫކޮށްލެއްވި ސަބަބާ ބެހޭގޮތުން ތަކުރާރުކޮށް ސުވާލު ކުރަމުންނެވެ. މިކަމާ ގުޅިގެން ފައްޔާޒް ވިދާޅުވީ، އެއް ސުވާލުތަކެއް ތަކުރާރު ކުރަމުންދާނަމަ، އެކަމުގެ ސަބަބުން ޕާޓީގެ އެހެން އިސް ބޭފުޅުންނަށްވެސް ޖަވާބުދާރީވާން މަޖުބޫރުވާނެ ކަމަށާއި، އޭގެ ސަބަބުން އިތުރު ނުތަނަވަސްކަމެއް އުފެދިދާނެ ކަމަށެވެ.
"ޕާޓީ ދޫކޮށްލާފައި ދިޔައީ ކީއްވެގެންތޯ ކުރާ ސުވާލަށް މިހާރު އެތައް ފަހަރަކު ޖަވާބު ދެވިއްޖެ. މިވަގުތު އެންމެ މުހިންމީ ޕާޓީ އެކަތިގަނޑަކަށް ހަދައިގެން ކުރިއަށް ދިއުން." ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރު އަލުން ވެރިކަމަށް އައިސް، ގައުމަށް ބޮޑު ބަދަލެއް ގެނައުން ކަމަށެވެ. އޭނާ ވިދާޅުވީ، މި މަސައްކަތަކީ ހަމައެކަނި ސިޔާސީ ކުރިއެރުމަކަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި، މިއީ އޭނާގެ އަމިއްލަ ދަރިންނާއި، ދިވެހި ހުރިހާ ދަރިންގެ މުސްތަގުބަލަށްޓަކައި ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ.
ރާއްޖޭގައި އަނިޔާވެރިކަން ނައްތާލައި، އަމާން މުސްތަގުބަލެއް ކަށަވަރުކޮށްދޭނެ ފަދަ ވަރުގަދަ ނިޒާމެއް ގާއިމުކުރުމަކީ ޕާޓީގެ ތަސައްވުރު ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީން ހުށަހަޅާނީ ދިވެހިރާއްޖެ ބަދަލުކުރާނެ ގޮތުގެ ފުރިހަމަ ޕްލޭނެއް ކަމަށްވެސް ފައްޔާޒް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު