ތިލަފުށީގައި ތަރައްޤީކުރާ އައު ބަނދަރުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކްލިއަރަންސް ސަރަހައްދުގެ 100 މީޓަރުގެ ކީވޯލް ތަރައްޤީކުރުމާއި، އެ ސަރަހައްދު ޕޭވްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، މި މަސައްކަތުގެ އެއްބަސްވުމުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކުޓިވް އޮފިސަރު ކެޕްޓަން ހުސެއިން ޝަފީގެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.
މި މަޝްރޫޢުގެ ދަށުން 100 މީޓަރުގެ ކީވޯލް ތަރައްޤީކުރުމާއި 6,775 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިންގ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ކްލިއަރަންސް ސަރަހައްދުގެ ކީވޯލް އެކަނި ތަރައްޤީކުރުމުގެ އަގަކީ 18.8 މިލިއަން ރުފިޔާއެވެ. ނަމަވެސް، ކީވޯލާއި ޕޭވިންގ މަސައްކަތްތަކުގެ އިތުރުން އެކަމާ ގުޅުންހުރި އެހެނިހެން ހުރިހާ މަސައްކަތްތަކާއެކު މި މަޝްރޫޢަށް ޖުމްލަ 154 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމް.ޕީ.އެލް އިން މަޢުލޫމާތު ދެއެވެ.
މި ސަރަހައްދަކީ މި ވަގުތު ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގެ ކްލިއަރަންސް އޮޕަރޭޝަންސްތަކަށް ބޭނުންކުރާނެ ސަރަހައްދެކެވެ. ނަމަވެސް، ތިލަފުށި ބަނދަރުގެ މުޅި މަޝްރޫޢު ނިމުމުން، މި ސަރަހައްދު ބަދަލުވެގެންދާނީ އެމް.ޕީ.އެލްގެ އުޅަނދުތަކަށް ޚާއްސަ ކުރެވޭ "ސަރވިސް ކީ" އެއްގެ ގޮތުގައި ކަމަށް އެމްޕީއެލް އިން މަޢުލޫމާތު ދެއެވެ.
މި މަސައްކަތް ނިމި ކްލިއަރަންސް އޮޕަރޭޝަންސްތަކަށް ބޭނުންކުރަން ފެށުމުން، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުން ކަނޑުމަގުން މުދާ ކްލިއަރކުރުމުގެ ބޮޑު ބައެއް ތިލަފުށްޓަށް ބަދަލުކުރެވޭނެއެވެ. މީގެ ސަބަބުން، މާލެ އާއި ހުޅުމާލޭގެ ބަނދަރުތަކަށް މިހާރު ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
ތިލަފުށީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ބަނދަރުގެ މަސައްކަތްތައް ސަރުކާރުން ވަރަށް ބާރަށް ކުރިއަށް ގެންދާއިރު، އެމް.ޕީ.އެލްގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި ބަނދަރުގެ ޚިދުމަތް ރަސްމީކޮށް ފަށައި، މާލޭގެ ވިޔަފާރި ބަނދަރުގެ ހުރިހާ އޮޕަރޭޝަންތަކެއް ތިލަފުށްޓަށް ބަދަލުކުރުމެވެ.
މި މަޝްރޫޢުގެ ފޭސް-1ގެ ޑިޒައިން އަދި ސާރވޭގެ މަސައްކަތްތައް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ މިދިޔަ ފެބްރުވަރީ މަހު ހަވާލުކޮށްފައި ވާއިރު، އެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު