ވިސްނާނުލައި އަދި އެކަށީގެންވާ ދިރާސާއެއް ކުރުމެއް ނެތި ކަންކަން ނިންމުމުން، ދެން ޖެހޭނީ "ޔޫ-ޓާނެއް" ނަގަން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ފާޑުވިދާޅުވެފައިވަނީ، ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމަށްފަހު، އަލުން އެ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާކަން ހޯމް މިނިސްޓަރު އަލީ އިހުސާން ހާމަކުރެއްވުމާ ގުޅިގެންނެވެ. އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިޙްސާން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ލަފާގެ މަތިން، ސިނގިރޭޓުން ނަގާ ޑިއުޓީ ކޮންމެ ސިނގިރޭޓަކަށް 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މިކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ޑަބްލިއުއެޗްއޯ ބުނިއްޔޯ ސިގުރެޓަކީ ހެލްތު ފުޑެކޭ. ކީކޭ ދެން ބުނާނީ. ވިސްނާ ނުލާ ދިރާސާއެއް ނެތި ކަންކަން މި ކުރަނީ. ދެން ޖެހޭނީ ޔޫ ޓާރން ނަގަން" ކަމަށެވެ.
2024 ވަނަ އަހަރުގެ ތެރޭގައި މި ސަރުކާރުން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ހަރުކަށި ސިޔާސަތެއްގެ ދަށުން، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކޮންމެ ސިނގިރޭޓަކަށް 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި އެޑްވަލޮރަމް ޓެކްސް 50 އިންސައްތައިން 100 އިންސައްތައަށް ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް، ޑިއުޓީ އަލުން ކުޑަކުރަން އުޅޭ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެންނަން އުޅެނީ ކޮންމެހެން ކުރަންޖެހޭ "ޒަރޫރީ" ބަދަލެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިތިބީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން. މިއީ އެއްވެސް ހާލެއްގައި ޔޫ-ޓާާންއެއް ނޫން. އަދި އަޅުގަނޑުމެންގެ ސިޔާސަތަކަށް ވެސް ބަދަލެއް ނާދޭ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެނައުމާ މެދު ގޮތެއް ނިންމަވާނީ ހުރިހާ ކަމަކަށް ވަރަށް ފުންކޮށް ވިސްނެވުމަށްފަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު