ފަރުވާތެރިކަމާއެކު އަދި ޚާއްސަ ސަމާލުކަމެއް ދީގެން އުޅަނދުފަހަރު ދުއްވާނަމަ، ބޮޑު ކަނޑެއްގައި އެއް އުޅަނދު އަނެއް އުޅަނދުގައި ޖެހި އެކްސިޑެންޓުވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ފައިސަލް ވިދާޅުވީ ކަނޑުމަތީގެ އެކްސިޑެންޓުތަކާއި ނުރައްކާތެރި ހާދިސާތައް އިތުރުވަމުން ދިޔުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މިއަދު ދެ ލޯންޗު ޖެހި ހިނގާދިޔަ ހިތާމަވެރި ހާދިސާގައި އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް އެދި ފައިސަލް ދުޢާ ކުރެއްވިއެވެ.
ރާއްޖެއަކީ ކަނޑުގެ ބޮޑު ސަރަހައްދެއް އޮންނަ ޤައުމަކަށްވެފައި، ކޮންމެ ދުވަހަކު އެތައް ބަޔަކު ކަނޑުމަގުން ދަތުރުކުރާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، ކަނޑު މަގުން ކުރާ ދަތުރުތައް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ކަމަށެވެ. އެހެންކަމުން، ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ކަމުގެ ޔަޤީންކަމާއި އިތުބާރު ރައްޔިތުން ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އިތުބާރު ޤާއިމުކުރެވޭނީ ކަނޑުދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ހެދިފައިވާ ޤަވާއިދުތަކާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ކަމަށްވެސް ފައިސަލް ފާހަގަކުރެއްވިއެވެ.
ފައިސަލް ވިދާޅުވީ މިފަދަ ހިތާމަވެރި ހާދިސާތައް ހުއްޓުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި މިކަމުގައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ފައިސަލް ވަނީ އިލްތިމާސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު