އެމެރިކާ އާއި އިސްރާއީލާ ދެމެދު އޮންނަ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެގައުމުގެ ދިފާއީ ސިނާއަތްތައް އެކީގައި މަސައްކަތްކުރާ ފުން ގުޅުމަކަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢެއް އެމެރިކާގެ ކޮންގްރެސްއިން ފަށައިފިއެވެ.
"ޔުނައިޓެޑް ސްޓޭޓްސް-އިސްރާއީލް ޑިފެންސް ޓެކްނޮލޮޖީ ކޯޕަރޭޝަން އިނީޝިއޭޓިވް" ގެ ނަމުގައި ހުށަހަޅާފައިވާ މި މަޝްރޫޢަކީ، އެމެރިކާގެ 2027 ވަނަ މާލީ އަހަރުގެ ނޭޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓް (އެން.ޑީ.އޭ.އޭ) ގެ 224 ވަނަ މާއްދާގެ ދަށުން ހިމަނާފައިވާ ކަމެކެވެ. މިއީ އެމެރިކާގެ ދިފާއީ ސިޔާސަތުތަކާއި ހަރަދުތައް ކަނޑައަޅާ އަހަރީ ބިލެވެ.
މި ގާނޫނު ފާސްވެއްޖެނަމަ، އެމެރިކާއިން އިސްރާއީލަށް ހަމައެކަނި އަސްކަރީ އެހީ ދިނުމުގެ ބަދަލުގައި، ދެ ގައުމު ގުޅިގެން ހަތިޔާރު އުފެއްދުމާއި، ދިރާސާކުރުމާއި، އަދި އަސްކަރީ ނިޒާމުތަކާއި މައުލޫމާތުތައް ހިއްސާކުރާ ފެންވަރަށް ގުޅުން ބަދަލުވެގެންދާނެއެވެ. މިކަން ވިލަރެސްކުރުމަށްޓަކައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ "އެގްޒެކެޓިވް އޭޖެންޓެއް" ނުވަތަ އިސް އޮފިޝަލަކު އައްޔަންކުރަން ޖެހޭނެ ކަމަށް ބިލުގައިވެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ޖޯޝް ޕައުލް ވިދާޅުވި ގޮތުގައި، ކޮންގްރެސްއިން މިހާރު މަސައްކަތް ކުރަމުންދަނީ އެމެރިކާގެ ދިފާއީ އޮނިގަނޑުގެ ތެރޭގައި އިސްރާއީލުގެ ގުޅުން އެހާ ބޮޑަށް ވަރުގަދަކުރާށެވެ. އޭނާ ހާމަކުރި ގޮތުގައި، މި އާ ގާނޫނުގެ ސަބަބުން އެމެރިކާގެ ޓެކްނޮލޮޖީގެ ބޮޑެތި ފުރުސަތުތަކެއް އިސްރާއީލަށް ލިބި، އެމެރިކާގެ ދިފާއީ އިސްކަންދޭ ކަންކަމުގެ މައްޗަށް ބަސްބުނުމުގެ ބާރުވެސް އިސްރާއީލަށް ލިބިގެންދާނެއެވެ.
މީގެ ކުރިން "އަޔަން ޑޯމް" ފަދަ މިސައިލް ދިފާއީ ނިޒާމުތައް ގުޅިގެން އުފައްދާފައިވީ ނަމަވެސް، މި އާ ބިލާއެކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ޑްރޯން އަދި ސައިބާ އޮޕަރޭޝަންތައް ފަދަ ޒަމާނީ ހަނގުރާމައިގެ ދާއިރާތަކަށް މި އެއްބާރުލުން ފުޅާވެގެންދާނެއެވެ.
މި ބަދަލުތައް އަންނަނީ މެދުއިރުމަތީގެ މަސްރަހު އިންތިހާއަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. މި އަހަރުގެ ކުރީކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ހަނގުރާމައެއް ހިނގާފައިވާއިރު، އަނެއްކޮޅުން ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ދެކުނު އެފްރިކާއިން ވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ނަސްލު ނައްތާލުމުގެ ދައުވާވެސް ހުށަހަޅާފައެވެ.
މި ބިލު ހުށަހަޅާފައިވަނީ ރިޕަބްލިކަން ޗެއާމަން މައިކް ރޮޖާސް އާއި އިސް ޑިމޮކްރެޓް މެންބަރު އެޑަމް ސްމިތެވެ. އެހީ ދިނުމާ މެދު އާންމުންގެ ނުރުހުން އިތުރުވަމުން ދިޔަ ނަމަވެސް، އެމެރިކާގެ މައިގަނޑު ސިޔާސަތަކީ އިސްރާއީލުގެ "އަސްކަރީ ކުރިއެރުން" ދެމެހެއްޓުމެވެ.
1948 ވަނަ އަހަރުން ފެށިގެން މިހާތަނަށް 300 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ އެހީ އެމެރިކާއިން އިސްރާއީލަށް ދީފައިވެއެވެ. ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދި ފަހުން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެމެރިކާގެ އެހީއަށް ބަރޯސާވުން ހުއްޓާލަން ބޭނުންވާ ކަމަށެވެ. މިއީ އެހީގެ ބަދަލުގައި ދެގައުމު ހަމަހަމަ ބައިވެރިންގެ ގޮތުގައި މަސައްކަތްކުރުމަށް އަމާޒު ހިފާފައިވާ ކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު