އައްޑޫ ސިޓީ މަރަދޫގައި ކުރިއަށްދާ 'އީދި ސަމާ'ގެ ހަރަކާތްތަކުގެ ތެރެއިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ފުރުސަތުތަކެއް ފަހިކޮށްދީފިއެވެ.
މަރަދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތަކީ ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް އާންމުންނަށް ދައްކާލައި، ވިޔަފާރި ފުޅާކުރުމަށް ލިބުނު ފުރުސަތެކެވެ.
މަރަދޫ ބަނދަރު ސަރަހައްދުގައި ކުރިއަށްދާ މި ހަރަކާތުގައި 30 އަށް ވުރެ ގިނަ ވިޔަފާރިތަކުން ވަނީ ސްޓޯލްތައް ގާއިމުކޮށްފައެވެ. މި ސްޓޯލްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިއީ ރަށު ފެންވަރުގައި ވިޔަފާރިތައް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.
މި ހަރަކާތާ ގުޅޭގޮތުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކައުންސިލްތަކުން މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.
އެމަނިކުފާނު ވަނީ މިފަދަ ހަރަކާތްތަކުގެ ސަބަބުން ރަށުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ފާހަގަކުރައްވާފައެވެ.
ރަށު ފެންވަރުގެ މިފަދަ ހަރަކާތްތަކަކީ ވިޔަފާރިތަކުގެ އިތުރުން، އާންމުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް ވެސް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު