ރޭ ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ އެމްޑީ އިބްރާހިމް ރަޝީދު (މާމިގިލި އިބޫ)
ރޭ ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ އެމްޑީ އިބްރާހިމް ރަޝީދު (މާމިގިލި އިބޫ)
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ތަފާތު ތިން މާރާމާރީ އެއްގައި 3 މީހަކު ޒަޚަމްކޮށްލައިފިއެވެ.

މިގޮތުން ރޭ މާލޭގައި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ އެމްޑީ އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) ގަޔަށް ތޫނު އެއްޗަކުން ޙަމަލާދީ ވަނީ ޒަޚަމް ކޮށްލާފައެވެ. އިބޫއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާއިރު، މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ރޭ 22:51 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރޭ އައްޑޫ ސިޓީ ހިތަދޫގައި ގައި ހިނގި ގްރޫޕް މާރާމާރީއެއްގައިވެސް ޒުވާނަކު ޒަޚަމް ކޮށްލާފައިވެއެވެ.

މި މާރާމާރީގައި އަނިޔާވި މީހާއަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފުލުހުން ބުނީ މި ޙާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ މެންދަމު 12:28 ގައި ކަމަށެވެ. މާރާމާރީގައި ޒަޚަމްވި ޒުވާނާގެ ދެ އިނގިލި ބުރިކޮށްލައި ބޮޑެތި ޒަޚަމްތަކެއް ދީފައިވާއިރު، އޭނާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

ހަމަ އެއާއެކު ށ. ފޯކައިދޫގައި ދެބިދޭސީންވެސް ތޫނު އެއްޗެހި ބޭނުން ކޮށްގެން ވަނީ މާރާމާރީ ހިންގާފައެވެ.

ފުލުހުން ބުނީ އެ ރަށުގައި ހިންގި މާރާމާރީގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށާއި، އެ މާރާމާރީއާ ގުޅިގެން 43 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.

އިއްޔެ ގިނަ މާރާމާރީތަކެއް ހިންގާފައި މިވަނީ ތޫނުއެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލަތައް ވަރަށްބޮޑަށް މަދުވެފައި ވަނިކޮށެވެ. ފުލުހުން މިހާރު ގެންދަނީ މާރާމާރީގެ މި މައްސަލަތައް ތަހުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން