ސަޔަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ދިވެހި މުޖުތަމައުގައި އެންމެ މަގުބޫލު އެއް ބުއިމެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ސައިތަށަކާ ނުލައި ދުވަސް ފުރިހަމައެއް ނުވެއެވެ. ސައިގައި ހަށިގަނޑަށް ފައިދާހުރި އެންޓިއޮކްސިޑެންޓްތަކެއް އެކުލެވިގެންވީ ނަމަވެސް، ސައި ބޯ ވަގުތަށް ސަމާލުކަން ނުދެވިއްޖެ ނަމަ އޭގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ސިއްހީ މާހިރުން ބަޔާންކުރެއެވެ.
ހެނދުނު ހޭލައިގެން ހުސްބަނޑާ ހުރެ ސައި ބުއިމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމު އާދައެކެވެ. ނަމަވެސް މިއީ ސިއްހީ ގޮތުން ބަލާއިރު އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ސައިގައި އެކުލެވޭ ކެފެއިން އާއި ޓެނިންސްގެ ސަބަބުން މައިދާގައި އެސިޑިޓީ އިތުރުވެ، މޭ އެންދުމާއި، ބަނޑު ފުއްޕުން ފަދަ އުނދަގޫތައް މެދުވެރިވެއެވެ. އަދި ހުސްބަނޑާ ހުރެ ސައި ބުއިމަކީ ހަށިގަނޑުން ފެން މަދުވުމަށް މަގުފަހިވާ ކަމެކެވެ.
އެހެންކަމުން، ހެނދުނު ސައި ބުއިމުގެ ކުރިން ފެން ތަށެއް ބުއިމަކީ ނުވަތަ ކުޑަ އެއްޗެއް ކެއުމަކީ ބަނޑުގެ މައްސަލަތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަމެކެވެ.
މީގެ އިތުރުން، މެންދުރުގެ ކެއުމަށްފަހު ނުވަތަ ރޭގަނޑުގެ ކެއުމަށްފަހު ވަގުތުން ސައި ބުއިމަކީ ވެސް ސިއްހީ ގޮތުން ގެއްލުން ހުރި ކަމެކެވެ. ސައިގައި ހުންނަ ކެމިކަލްތަކުގެ ސަބަބުން ކާނާގައި ހިމެނޭ ދަގަނޑުގެ ބައި އަދި އަދި ކެލްސިއަމް ފަދަ މުހިންމު މައުދަނުތައް ހަށިގަނޑަށް ދަމައިގަތުމަށް ހުރަސްއަޅައެވެ. މީގެ ސަބަބުން ދިގު މުއްދަތުގައި ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެދާނެއެވެ. މާހިރުން ލަފާދެނީ ކެއުމަށްފަހު މަދުވެގެން 45 މިނެޓާއި އެއް ގަޑިއިރާ ދެމެދުގެ ވަގުތެއް މަޑުކުރުމަށްފަހު ސައި ބުއިމަށެވެ.
ރޭގަނޑު ނިދުމުގެ ކުރިން ސައި ބުއިމަކީ ވެސް ގިނަ ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް ސައިގައި ހުންނަ ކެފެއިންގެ ސަބަބުން ނިދުމަށް ބޭނުންވާ މެލަޓޯނިން ހޯރމޯން އުފެދުމަށް ހުރަސްއެޅި، ނިދީގެ ފެންވަރު ދަށްވެއެވެ. މީގެ ސަބަބުން ހެނދުނު ހޭލާއިރު ވަރުބަލިކަން އިހުސާސްވުމާއި، ނިދި މަދުވުމުގެ ސަބަބުން ދިމާވާ އެހެނިހެން ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. އެހެންކަމުން، އަރާމު ނިންޖެއް ހޯދުމަށްޓަކައި ނިދުމުގެ މަދުވެގެން 3 ގަޑިއިރު ކުރިން ސައި ބުއިން ހުއްޓާލަން ޖެހެއެވެ.
ކަންމިހެން ހުރި ނަމަވެސް، ސައި ބުއިމުން ފައިދާ ކުރާނެ ވަގުތުތައް ވެސް ހުރެއެވެ. އެގޮތުން ކަސްރަތު ކުރުމުގެ ކުރިން ބޯލާ ސައިތަށަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުކޮށްދީ، ހަކަތަ އިތުރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން ހަވީރުގެ ވަގުތުގައި ބޯލާ ސައިތަށަކީ ދުވާލުގެ ވަރުބަލިކަން ފިލުވައިލުމަށް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް މި ހުރިހާ ވަގުތެއްގައި ވެސް ސައިގައި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމަކީ ސިއްހަތަށް އެންމެ ފައިދާހުރި ގޮތެވެ.
ސަޔަކީ އޭގެ ޒާތުގައި ފައިދާހުރި އެއްޗެއް ނަމަވެސް، އޭގެ ފައިދާ އެންމެ ފުރިހަމައަށް ލިބޭނީ ރަނގަޅު ވަގުތުގައި ބޭނުން ކުރުމުންނެވެ. ކެއުމުގެ ވަގުތުތަކާއި ނިދުމުގެ ވަގުތާ ސައި ބުއިމާ ދުރުކުރުމަކީ، ސައިގެ ސަބަބުން ސިއްހަތަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް ކުރެވިދާނެ އެންމެ މުހިންމު ކަންތައްތަކެވެ.

ކިޔުންތެރިންގެ ހިޔާލު