އާޓިފިޝަލް ބީޗުގައި ހިންގި މާރާމާރީ
އާޓިފިޝަލް ބީޗުގައި ހިންގި މާރާމާރީ
އާޓިފިޝަލް ބީޗުގައި ހިންގި މާރާމާރީގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މި ވީޑިއޯ އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް ފުލުހުންނަށް ރަސްމީކޮށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތުދެއެވެ.

ނަމަވެސް، މިއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށް ވާތީ، ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ އިސްނަގައިގެން ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

މި މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވާން ފަށާފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީންތަކެއް ވަނީ އިސްވެ ތިބެ އެކަކު އަނެކަކަށް ހަމަލާދީ ބޮޑު ހަމަނުޖެހުމެއް ހިންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު