އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި ވަރުގަދަ މާރާމާރީއެއް ހިންގައިފި
އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި ވަރުގަދަ މާރާމާރީއެއް ހިންގައިފި
މާލޭގެ ރައްޔިތުންނާއި ކުޑަކުދިން ހިތްފަސޭހަކޮށްލުމަށް އެއްވެއުޅޭ ހިތްގައިމު ސަރަހައްދެއް ކަމަށްވާ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި ވަރުގަދަ މާރާމާރީއެއް ހިންގައިފިއެވެ.

އާންމުންގެ ގިނަ ބަޔަކު އެއްވެ އުޅުނު ވަގުތެއްގައި ހިނގި މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ތިބި އާންމު ރައްޔިތުންނަށާއި ކުޑަކުދިންނަށް ބޮޑު ސިހުމަކާއި ބިރުވެރިކަމެއް ވަނީ ކުރިމަތިވެފައެވެ.

މި މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވާން ފަށާފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީންތަކެއް އިސްވެ ތިބެ އެކަކު އަނެކަކަށް ހަމަލާދީ ބޮޑު ހަމަނުޖެހުމެއް ހިގާ މަންޒަރެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަދި ރަސްމީ ބަހެއް ބުނެފައި ނުވިނަމަވެސް، އާންމު ރައްޔިތުން މިފަދަ ހިތްފަސޭހަ މައިދާންތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް މީގެ ކުރިން ވެސް ވަނީ ގޮވާލާފައެވެ. ސަބަބަކީ މީގެ ކުރިން ވެސް މި ސަރަހައްދުގައި ބޯދޭސީންގެ މެދުގައި ވަނީ މާރާމާރީ ހިންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު