އީދު ޕެރޭޑެއް
އީދު ޕެރޭޑެއް
ޢީދު ފާހަގަކުރުމުގެ ގޮތުން ބާއްވާ "ތަކްބީރު ޕެރޭޑް" އަކީ ދީނީ ގޮތުން ބަލާއިރު ބިދުޢައެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ ފޭސްބުކް ގައި ކުރެއްވި އެކްޓިވިޓީ ޕޯސްޓެއްގައެވެ. ޒަމްޒަމް ފާރިޝް މިފަދައިން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީ މަރަދޫގައި މިއަދުގެ ވަގުތެއްގައި ޢީދު ތަކްބީރު ޕެރޭޑެއް ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.





ޝައިޚްގެ މި ޕޯސްޓާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. ޚާއްޞަކޮށް އެ ޕޯސްޓަށް ކޮމެންޓް ކުރި ގިނަ ބަޔަކު ވަނީ، ޢީދު ދުވަހު ތަކްބީރު ކިޔުމަކީ ސުންނަތެއް ކަމަށްވާއިރު، ޕެރޭޑެއްގެ ބޭއްވުން ބިދުޢައަކަށް ބަދަލުވާންޖެހޭ ސަބަބު އޮޅުންފިލުވައިދިނުމަށް ޝައިޚްގެ ކިބައިން އެދިފައެވެ.

އަދި ދީނީ ކަންކަމުގައި މިފަދަ ޚިޔާލުތަފާތުވުންތައް ހުންނަ އިރު، އާންމުންނަށް އޮޅުންބޮޅުން ނުވާނޭހެން ދަލީލުތަކާއެކު ކަންކަން ސާފުކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު