އީދު މުނާސަބަތަކީ ކޮންމެ އަހަރަކުވެސް މުސްލިމުން ދީނީ ގޮތުން އެންމެ ބޮޑަށް އުފާ ފާޅުކުރާ ދެ މުނާސަބަތެވެ. އެއީ ރަމަޟާން މަހުގެ ބަރަކާތްތެރި ރޯދަތައް ފުރިހަމަކުރުމަށްފަހު، އަޅުގަނޑުމެން އެންމެހާ މުސްލިމު އުމަތާ ބައްދަލުވެ ތިން ދުވަހުގެ މުއްދަތަށް އުފާފާޅުކުރުން ދެމިގެންދާ އުފާވެރި ފިޠުރު ޢީދުދުވަހާއި މާތްﷲގެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ ގޮތުން، އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޤުރުބާން ކުރެއްވުމަށް ކުރެއްވި މަތިވެރި މަސައްކަތްޕުޅުގެ ހަނދާން އާކޮށްދޭ، ހަތަރު ދުވަހުގެ މުއްދަތަށް އުފާފާޅުކުރުން ދެމިގެންދާ އަޟްޙާ ޢީދުގެ ދެމުނާސަބަތެވެ.
މިއަދަކީ މުސްލިމު ގިނަ ގައުމުތަކަށް އަޟްޙާ އީދެވެ. އެހެންކަމުން މިހާހިސާބުން މި ބަލާލަނީ އަޟްޙާ އީދުގެ ސުންނަތްތަކާއި މުސްތަޙައްބު ކަންތައްތަކުގެ މައްޗަށެވެ. އެގޮތުން ތިރީގައި މިގެނެސްދެނީ އަޅުގަނޑުމެންގެ ޢަމަލުތައް އަޟްޙާ އީދު ދުވަހު ބަހައްޓަންވީ ގޮތެވެ.
1. އިސްތަށި ކެނޑުމާއި ނިޔަފަތި ކެނޑުމުން ދުރުހެލިވުން:
އީދު ދުވަހު އުޟްޙިއްޔާ ކަތިލުމަށް ގަސްދުކުރާ މީހާ، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުޟްޙިއްޔާ ކަތިލެވެންދެން ހަށިގަނޑުގެ އެއްވެސް ތަނަކުން އިސްތަށި ނުކެނޑުމަށާއި ނިޔަފަތި ނުކެނޑުމަށް ސުންނަތްވެގެންވެއެވެ.
އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންގެ ތެރެއިން އުޟްޙިއްޔާ ކަތިލަން ގަސްދުކުރާ މީހާ، ޛުލްޙިއްޖާ މަހުގެ ހަނދު ފެނުމުން، އޭނާ އުޟްޙިއްޔާ ކަތިލަންދެން އޭނާގެ އިސްތަށިތަކާއި ނިޔަފަތިތަކުން އެއްވެސް މިންވަރެއް ނުކަނޑާ ހިފަހައްޓާށެވެ." (ޞަޙީޙް މުސްލިމް: 5121)
2. ހިނައިގަތުން:
އީދު ދުވަހުގެ ނަމާދަށް ދިއުމުގެ ކުރިން ހިނައިގަތުމަކީ ސުންނަތެކެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ފިޠުރު އީދު ދުވަހާއި އަޟްޙާ އީދު ދުވަހު ހިނައިގަންނަވައެވެ. (ސުނަން އިބްނު މާޖާ: 1315)
3. ރީތި ހެދުން އެޅުން:
އީދު ދުވަހަށް ޒީނަތްތެރިވުމުގެ ގޮތުން އެމީހެއްގެ އަތުގައި ހުރި އެންމެ ރީތި ހެދުން އެޅުމަކީ ސުންނަތެކެވެ. ޢުމަރުގެފާނު ރަސޫލުﷲ ﷺ އަށް އީދު ދުވަހު ޒީނަތްތެރިވުމަށްޓަކައި ރީތި ހެދުމެއް ބައްލަވައިގަތުމަށް ހުށަހެޅުއްވިކަމަށް އައިސްފައިވާ ރިވާޔަތުން މިކަން އެނގެއެވެ. (ސުނަން ނަސާއީ: 1561)
4. އިތުރު ސުންނަތް ނަމާދުތަކުން ދުރުހެލިވުން:
އީދު ނަމާދުގެ ކުރިން ނުވަތަ ފަހުން މިސްކިތް ނޫން ތަނެއްގައި ނަމާދު ކުރުމެއް ނުވެއެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ރިވާކުރެއްވިއެވެ: "ރަސޫލުﷲ ﷺ ފިޠުރު އީދު ދުވަހު ނުކުމެވަޑައިގެން ދެ ރަކުޢަތް (އީދު ނަމާދު) ކުރެއްވިއެވެ. އެ ނަމާދުގެ ކުރިންވެސް އަދި ފަހުންވެސް އެއްވެސް ނަމާދެއް ނުކުރައްވައެވެ." (ޞަޙީޙް ބުޚާރީ: 989)
5. ނަމާދަށް ދިއުމުގެ ކުރިން ނުކައި ހުރުން:
އަޟްޙާ އީދު ދުވަހު، އީދު ނަމާދުން އެނބުރި އަންނަންދެން ނުކައި ހުރުމަކީ ސުންނަތެކެވެ. ބުރައިދާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ: "ނަބިއްޔާ ﷺ ފިޠުރު އީދު ދުވަހު އެއްޗެއް ފަރިއްކުޅުއްވައިގެން މެނުވީ (ނަމާދަށް) ނުކުމެވަޑައިނުގަންނަވައެވެ. އަދި އަޟްޙާ އީދު ދުވަހު ނަމާދު ކުރައްވައިފުމަށް ދާންދެން ފަރިއްނުކުޅުއްވައެވެ." (ޖާމިއުއް ތިރުމިޛީ: 542)
6. އާއިލާއާއެކު ނަމާދަށް ދިއުން:
އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން މުޅި އާއިލާ އީދު ނަމާދުގެ ޖަމާޢަތަށް ދިއުމަކީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. ޙައިޟުވެރި އަންހެނުންވެސް ނަމާދު ކުރާ ސަރަޙައްދާ ދުރުގައި ތިބެ، މުސްލިމުންގެ ދުޢާތަކާއި ހެޔޮކަމުގައި ބައިވެރިވުމަށް ރަސޫލުﷲ ﷺ އަމުރުކުރެއްވިއެވެ. (ޞަޙީޙް ބުޚާރީ: 980)
7. ދާ މަގާއި އަންނަ މަގު ތަފާތުކުރުން:
އީދު ނަމާދަށް ދާއިރު ދާ މަގު ނޫން އެހެން މަގަކުން އެނބުރި އައުމަކީ ސުންނަތެކެވެ. ޖާބިރު ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ: "އީދު ދުވަހެއްނަމަ، ނަބިއްޔާ ﷺ (ދިއުމާއި އެނބުރި އައުމުގެ) މަގު ތަފާތުކުރައްވައެވެ." (ޞަޙީޙް ބުޚާރީ: 986)
8. އީދު ޚުޠުބާ އަޑުއެހުން:
ނަމާދަށްފަހު ދެވޭ ޚުޠުބާ ސަމާލުކަމާއެކު އަޑުއެހުމަކީ މުސްތަޙައްބު ކަމެކެވެ. އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ގޮތުގައި، ރަސޫލުﷲ ﷺ ނަމާދަށްފަހު މީހުންނާ ކުރިމަތިލައްވައި ހުންނަވައި، ވަޢުޛު އިރުޝާދު ދެއްވައެވެ. (ޞަޙީޙް ބުޚާރީ: 956)
9. އުޟްޙިއްޔާ ކަތިލުން:
ނަމާދުން އަވަދިވެގެން އުޟްޙިއްޔާ ކަތިލުން ކުރިއަށް ގެންދަންވާނެއެވެ. ނަމާދުގެ ކުރިން ކަތިލާ ކަތިލުމަކީ އުޟްޙިއްޔާއަކަށް ނުވާނެއެވެ. ބަރާއު ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ: "މިދުވަހު އަހަރެމެން އެންމެ ފުރަތަމަ ފަށާނެ ކަމަކީ ނަމާދު ކުރުމެވެ. ދެން އެނބުރި ގޮސް ކަތިލުމެވެ. މިގޮތަށް ކަންތައް ކުރި މީހާ އަހަރެމެންގެ ސުންނަތަށް ތަބާވެއްޖެއެވެ." (ޞަޙީޙް ބުޚާރީ: 968)
10. އުޟްޙިއްޔާ ކަތިލާއިރު ކިޔާނެ ދުޢާ:
ކަތިލާއިރު "ބިސްމިﷲ، والله أكبر" ކިޔުމަށްފަހު ތިރީގައިވާ ދުޢާ ކިޔުމަކީ ސުންނަތެކެވެ:
إِنِّي وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ عَلَى مِلَّةِ اِبْرَاهِيْمَ حَنِيفًا وَمَا أَنَا مِنَ الْمُشْرِكِينَ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لَا شَرِيكَ لَهُ وَبِذالِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ اَللَّهُمَّ مِنْكَ وَلَكَ
މާނައީ: "ހަމަކަށަވަރުން، އިބްރާހީމްގެފާނުގެ ދީނުގެ މަތީގައި ހުރެ، ހުރިހާ ބާޠިލު ގޮތްތަކަކުން އެއްކިބާވެ، އުޑުތަކާއި ބިން ހެއްދެވި ފަރާތަށް އަހުރެންގެ މޫނު ކުރިމަތިކޮށްފީމެވެ. އަދި އަހުރެންވަނީ މުޝްރިކުންގެ ތެރެއިންނެއް ނޫނެވެ. ހަމަކަށަވަރުން އަހުރެންގެ ނަމާދާއި، އަހުރެންގެ ކަތިލުމާއި (އަޅުކަންތައްތަކާއި)، އަހުރެންގެ ދިރިހުރުމާއި އަހުރެންގެ މަރުވުންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި އެކަމަށް އަހުރެންނަށްވަނީ އަމުރުކުރައްވާފައެވެ. އަދި އަހުރެންވަނީ މުސްލިމުންގެ ތެރެއިން ފުރަތަމަ މީހާ ކަމުގައެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއީ އިބަރަސްކަލާނގެ ދެއްވި އެއްޗެކެވެ. އަދި މިއީ އިބަރަސްކަލާނގެއަށްޓަކައި ކުރެވޭ ކަމެކެވެ." (ސުނަން އަބޫ ދާއޫދު: 2795)
11. މަރުވެފައިވާ މީހުންނަށްޓަކައި އުޟްޙިއްޔާ ކަތިލުން:
މަރުވެފައިވާ ގާތްތިމާގެ މީހުންނަށްޓަކައި ހެޔޮދަރުމަ އެދި އުޟްޙިއްޔާ ކަތިލުމަކީ ހުއްދަ ކަމެކެވެ. ޢަލީގެފާނު ރަސޫލުﷲ ﷺ އަށްޓަކައި އުޟްޙިއްޔާ ކަތިލެއްވި ކަމަށް ރިވާވެގެންވެއެވެ. (ސުނަން އަބޫ ދާއޫދު: 2790)
12. އީދުގެ އުފާ ފާޅުކުރުމާއި ޒިޔާރަތްކުރުން:
އީދު ދުވަހަކީ އާއިލާއާއި ރަޙުމަތްތެރިންނާއެކު އުފާވެރި ވަގުތުތައް ހޭދަކޮށް، އިސްލާމީ މިންގަނޑުގެ ތެރެއިން ހުއްދަ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގައި ބައިވެރިވާ ދުވަހެކެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާގެ އަރިހުގައި އަންޞާރީންގެ ދެ އަންހެން ކުދިން ލަވަކިޔަން ތިއްބާ އަބޫބަކުރުގެފާނު ވަދެވަޑައިގެން އެކަން މަނާކުރައްވަން އުޅުއްވުމުން، ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ: "އޭ އަބޫބަކުރެވެ! ކޮންމެ އުއްމަތަކަށްވެސް އީދެއްވެއެވެ. އަދި މިއީ އަހަރެމެންގެ އީދު ދުވަހެވެ." (ޞަޙީޙް ބުޚާރީ: 952)

ކިޔުންތެރިންގެ ހިޔާލު