އެމްޑީޕީގެ އެތެރޭގެ ސިޔާސީ ފޯރިގަދަވެ، ޕާޓީގެ އައު ޗެއާޕާސަން ހޮވުމަށް ބާއްވާ ބޮޑު އިންތިޚާބަށް މިހާރު ބާކީ އޮތީ އެންމެ 16 ދުވަހެވެ.
މި ހިނގާ ކެމްޕޭން ފޯރިއާއެކު މުޅި ޕާޓީގެ ތެރޭގައި ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، މި ފަހަރުގެ އިންތިޚާބަކީ ފަހުގެ ތާރީޚެއްގައި އެމްޑީޕީން ފެންނާނެ އެންމެ ފޯރިގަދަ ސިޔާސީ ހަރަކާތަށް ވެގެންދާނެއެވެ.
މި ރޭހުގައި އެއް ފަރާތަކުން ގަލޮޅު ދެކުނު ދާއިރާގެ ޒުވާން އަދި ހީވާގި މެންބަރު މީކާއިލް އަހުމަދު ނަސީމް ނުކުންނަވާއިރު، އަނެއް ފަރާތުން ވާދަކުރައްވަނީ ޕާޓީގެ ރޫހީ މޭސްތިރިޔާ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ދެ ކެންޑިޑޭޓުންގެ ތާއީދު ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ބެހިފައިވާ ގޮތުން، ކާމިޔާބީގެ ތާޖު އަޅާނީ ކޮން ބޭފުޅެއްކަން ލަފާކޮށްލަންވެސް މިހާރު ވަނީ ދަތިވެފައެވެ.
ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކަށްވެސް ވަކި ކޮޅަކަށް ނަތީޖާ އަނބުރާލަން ނޭނގިފައިވާ މި ދަނޑިވަޅުގައި، ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުންނާއި ސަޕޯޓަރުން ތިބީ ނޭވާ ހިފަހައްޓާލައިގެން ވޯޓުލާ ދުވަހުގެ އިންތިޒާރުގައެވެ.
އަންނަ ޖޫން މަހުގެ 12 ވާ ހުކުރު ދުވަހަކީ އެމްޑީޕީގެ ސިޔާސީ ހަޔާތުގައި އަންނާނެ އެންމެ ތާރީޚީ އަދި އެންމެ ނުފޫޒުގަދަ އެއް ދުވަހަށް ވެގެންދާނެއެވެ.
މިއީ ހަމައެކަނި ޕާޓީގެ އިދާރީ ހިންގުމަށް މީހަކު ހޮވުމެއް ނޫނެވެ؛ މިއީ އެމްޑީޕީގެ ކުރިމަގުގެ ސިޔާސީ މިސްރާބާއި، ޕާޓީ ހިންގާނެ އައު އުސޫލުތައް ބައްޓަންވެގެންދާނެ ގޮތް ކަނޑައެޅުމަށް އާންމު މެންބަރުންނަށް ލިބޭ އެންމެ މުހިންމު ފުރުސަތެވެ.
އެތެރޭގެ ޚިޔާލުތަފާތުވުންތަކާއި ސިޔާސީ ގޮންޖެހުންތަކުން އަރައިގަނެ، ކުރިއަށް އޮތް ތަނުގައި ޕާޓީ ވަރުގަދަ އިދިކޮޅު ނުވަތަ ވެރިކަން ކުރާ ބާރެއްގެ ގޮތުގައި ކުރިއަށްދާނެ މަގު ކޮށައިދޭނީ މި އިންތިޚާބުގެ ނަތީޖާއިންނެވެ. އެހެންކަމުން މި ދުވަސް ވެގެންދާނީ ޕާޓީގެ ކުރިމަގު އާރާސްތުކުރުމަށް ކޮންމެހެންވެސް ބޭނުންތެރި، ނިންމުންތަކެއް ނިންމާނެ ބޮޑު ދުވަހަކަށެވެ.
މި އިންތިޚާބުގެ މުހިންމުކަން ވަޒަންކުރެވޭ އަނެއް ސަބަބަކީ، ކުރިއަށް އޮތް 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ޕާޓީ ޓިކެޓަށް މިހާރުންސުރެ ކުރެވެމުންދާ ބަހުސްތަކާ މި އިންތިޚާބާ ހުރި ވަރުގަދަ ގުޅުމެވެ.
ޗެއާޕާސަންގެ މަގާމަށް ހޮވޭ ބޭފުޅަކީ 2028 ގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގައާއި، ޕާޓީގެ ރިޔާސީ ޕްރައިމަރީ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރާނެ ފަރާތެވެ. މީކާއިލް އަދި ނަޝީދުގެ ވާދަވެރިކަމުގެ ތެރެއިން ނުކުންނަ ނަތީޖާއަކުން، 2028 ގެ ރިޔާސީ ރޭހުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ އިސް ސިޔާސީ ފަރާތްތަކުގެ ބާރާއި ނުފޫޒަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
އެހެންކަމުން، މި މަހުގެ 12 ވަނަ ދުވަހު ނަގާ ވޯޓަކީ ހަމައެކަނި ޕާޓީގެ މިއަދުގެ މަގާމަކަށް މީހަކު ހޮވުމެއް ނޫން ކަމަށާއި، އެއީ 2028 ގެ ވެރިކަމުގެ މިސްރާބު ކަނޑައެޅުމުގެ ބިންގާ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން އެއްބަސްވެއެވެ.

ކިޔުންތެރިންގެ ހިޔާލު