ހުޅުމާލޭ ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، މިއަދުން ފެށިގެން އެ ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ، މި ޖެޓީއަށް ގެއްލުން ލިބުނީ އެ ސަރަހައްދަށް ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި ޖެޓީގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މިވަގުތު އެތަން ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ ޖެޓީ މަރާމާތުކޮށް ނިމެންދެން، ވަކި މުއްދަތެއް ނެތް ގޮތަށް ޖެޓީ ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ޖެޓީ ބޭނުންކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ހުޅުމާލޭ ލަކުޑި ޖެޓީއަކީ އާންމުކޮށް ސަފާރީތަކުން އަންނަ ފަތުރުވެރިންނާއި، ހުޅުމާލޭ ބަނދަރުން ފުރާ ދަތުރުވެރިން ގިނަ އަދަދަކަށް ބޭނުންކުރަމުން އަންނަ މުހިންމު ސަރަހައްދެކެވެ.
ޖެޓީ ބަންދުކުރުމާ ގުޅިގެން އެ ސަރަހައްދު ބޭނުންކުރާ އުޅަނދުފަހަރަށް ދަތިތަކަކާ ކުރިމަތިވާނެތީ، މަރާމާތުގެ މަސައްކަތްތައް ވަރަށް ހަލުވިމަކާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު