ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގައި ބައިބައިވުން އުފެދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސީ ބާރު ކުޑަވަމުންދާ ކަމަށް ބުނެ ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތައް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވަރަށް ބޮޑަށް ކުށްވެރިކުރައްވައި، އެ ވާހަކަތައް ދޮގުކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ރައީސް މުޢިއްޒު ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް ޕާޓީގެ މަޝްވަރާ މަޖިލީހަށް (ސެނެޓަށް) ހުށަހަޅުއްވައި ބާރުއަޅުއްވާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
އަދި ރައީސް އެފަދަ ކަމެއް ސެނެޓަށް ބާރުއަޅުއްވައިގެން ކުރައްވާފައި ނުވިނަމަވެސް، ޤައުމާއި ޕާޓީގެ ލާބައަށް ރައީސް މުޢިއްޒު ކަމެއް ހުށަހަޅުއްވައިފި ނަމަ، ޕާޓީގެ ސެނެޓުން ވަގުތުން އެކަމަކަށް ފުރިހަމައަށް ރުހުން ދޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.
ޝުޖާއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕީއެންސީގެ ކުރިއަށް އޮތީ އެ ޕާޓީގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ޙަރަކާތް ކަމަށްވާ ޕާޓީގެ ކޮންގްރެސްއެވެ. އަދި ޕާޓީގެ ރައީސް، ޑރ. މުޢިއްޒުގެ ވިސްނުންފުޅަކީ ކޮންގްރެސްއާ ގުޅުންހުރި ހުރިހާ ކަމެއްވެސް ޕާޓީގެ ތެރޭގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން، ޑިމޮކްރެޓިކް އުޞޫލުތަކުގެ މަތިން ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުޢިއްޒަކީ ޤައުމު ހިންގެވުމުގެ ކަންކަމުގައިވެސް މިހާތަނަށް ދިވެހި ތާރީޚުގައި އެންމެ ގިނައިން ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ އަޑުއައްސަވައިގެން މަޝްވަރާގެ މަތިން ކަންކަން ނިންމަވަމުންދާ ވެރިޔާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، މަޝްވަރާ ކުރުމުގެ ރީތި އުޞޫލާ ދެކޮޅު ވިސްނުން ގެންގުޅޭ ބަޔަކަށް އަބަދުވެސް ކަންކަން ފެންނާނީ އަދި ވިސްނޭނީ އެންމެ ނުބައިގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު