ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް (މެދުގައި)
ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް (މެދުގައި)
ކަސްޓަމްސްގެ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާ ހަވާލުކޮށްފި އެވެ.

އަބްދުﷲ ޝަރީފަށް ކަސްޓަމްސް ހިންގެވުން ޙަވާލުކޮށްފައިވަނީ، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވެންދެން ކަމަށް ކަސްޓަމްސްއިން ބުނެފައި ވެއެވެ.

ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި އަހްމަދު ނުޢުމާނު ނިޔާވުމާއި ގުޅިގެންނެވެ. ނުޢުމާން ނިޔާވީ، ނިމިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.

ކަސްޓަމްސް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެޑައިގެންނެވި އަބްދުﷲ ޝަރީފަކީ 27 އަހަރު ވަންދެން މީލްޑިވްސް ކަސްޓަމްސް ގައި ޚިދުމަތް ކޮށްފައިވާ ބޭފުޅެކެވެ. ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އަބްދުﷲ ޝަރީފް އައްޔަނުކުރެވުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން