މެރަތަން ދުވުމަކީ އާންމު ގޮތެއްގައި ހަށިހެޔޮކަމާއި، އަޒުމް ވަރުގަދަކަމާއި އަދި ދުޅަހެޔޮ ދިރިއުޅުމެއްގެ ރަމްޒެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް އިންޑިއާގެ މުމްބާއީ އާއި ބެންގަލޫރު ފަދަ ބޮޑެތި ސިޓީތަކުގައި "އަލްޓްރާ މެރަތަން" ފަދަ ދިގު ރާސްތާއަށް ދުވުމުގެ ސަގާފަތް މިހާރު ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ. ނަމަވެސް، ދާދިފަހުން 'ވޮޝިންގޓަން ޕޯސްޓް' އިން ފާހަގަކޮށްފައިވާ އާ ދިރާސާއަކާ ގުޅިގެން، ހަށިގަނޑަށް ނުހަނު ބޮޑަށް ބާރުލާފައި ދުވާ ދުވުންތަކުގެ ސަބަބުން ގޮހޮރަށް ކުރާ ނޭދެވޭ އަސަރުތަކާއި، ކެންސަރަށް މަގުފަހިވާ ފަދަ ގޮށްތައް އުފެދުމުގެ ފުރުސަތު އޮތް މިންވަރާ މެދު ވަނީ ބަހުސްތަކެއް އުފެދިފައެވެ.
މި ދިރާސާ އަމާޒުކޮށްފައިވަނީ އުމުރުން 35 އަހަރާއި 50 އަހަރާ ދެމެދުގެ 100 ދުވުންތެރިންގެ މައްޗަށެވެ. މީގެ ތެރޭގައި ހިމެނެނީ މަދުވެގެން ފަސް މެރަތަން ނުވަތަ ދެ އަލްޓްރާ މެރަތަން ފުރިހަމަކޮށްފައިވާ މީހުންނެވެ. މި މީހުންގެ ކޮލޮނޮސްކޮޕީ ސްކްރީނިންގް ހެދިއިރު، ހައިރާންކުރުވަނިވި ނަތީޖާތަކެއް ވަނީ ފެނިފައެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން ގާތްގަނޑަކަށް %15 މީހުންގެ ކިބައިން 'އެޑެނޯމާސް' ފެނިފައިވާއިރު، މިއީ ފަރުވާ ނުދެވިއްޖެނަމަ ކޮލޯން ކެންސަރަށް ބަދަލުވުމުގެ ފުރުސަތު އޮންނަ ގޮށްތަކެކެވެ. އާންމުކޮށް މިފަދަ ސްކްރީނިންގްތަކުން މި ބާވަތުގެ ގޮށްތައް ފެންނަނީ %4.5 އާއި %6 އާ ދެމެދުގެ މިންވަރަކަށް ކަމަށްވާއިރު، ދިގު
ރާސްތާއަށް ދުވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންގެ ގޮހޮރުން މަދުވެގެން އެއް ޕޮލިޕް ފެނިފައިވެއެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި މިފަދަ އިތުރުވުމެއް ފެންނަނީ ހަށިގަނޑަށް ބާރުލާފައި ކަސްރަތު ކުރާއިރު، ހަށިގަނޑުގެ ލޭގެ ދައުރުވުން ހަޖަމުކުރާ ނިޒާމާ ދުރަށް، މަސްތަކަށް ބަދަލުވާތީއެވެ. ގޮހޮރަށް ބޭނުންވާ އޮކްސިޖަނާއި މާއްދާތައް އެކަށީގެންވާ ވަރަށް ނުލިބި ގިނަ ވަގުތުތަކެއް ވުމުން، ގޮހޮރުގެ ފާރުތަކަށް ވަގުތީ ގޮތުން ގެއްލުންވެ، ދުޅަވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މިއީ ދިގު ރާސްތާއަށް ދުވާއިރު ބައެއް މީހުންނަށް ބަނޑުގައި ރިއްސުމާއި، މޭނުބައިކުރުމާއި، ބޭރަށް ހިންގުން ފަދަ ކަންކަން ދިމާވާ ސީދާ ސަބަބެވެ. މީގެ އިތުރުން، ހަށިގަނޑުން ފެން މަދުވުމާއި ތަކުރާރުކޮށް ގޮހޮރަށް ލިބޭ ލޮޅުންތަކަކީވެސް މިކަމަށް ބާރުދޭ ކަންތައްތަކެއް ކަމަށް ބެލެވެއެވެ.
ދުނިޔޭގެ ފެންވަރުގައި ބަލާއިރު، ކޮންމެ އަހަރަކު 1.9 މިލިއަނަށްވުރެ ގިނަ މީހުންނަށް އަލަށް ކޯލޯން ކެންސަރު ޖެހެއެވެ. އިންޑިއާއަކީ މުޅި ދުނިޔެއިންވެސް މި ބަލި އެންމެ ގިނައިން ފެންނަ ހަތަރުވަނަ ގައުމަށް ވާއިރު، އުމުރުން 50 އަހަރުން ދަށުގެ ޒުވާނުންގެ މެދުގައި މި ބަލި އިތުރުވަމުންދާތީ ޑޮކްޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ހާލަތުގައި، ކޮލޯން ކެންސަރުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ބޮޑުކަމުދާއިރު ލޭ އައުމާއި، ބަނޑުގައި ރިއްސުމާއި، ސަބަބެއް ނޭނގި ބަރުދަން ލުއިވުން ފަދަ އަލާމާތްތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އަދި ފައިބަރު ގިނަ ކާނާ ކެއުމާއި، ޕްރޮސެސްޑް ކާނާ އާއި ރަތް މަސް ކެއުން މަދުކުރުމަކީ ބަލިން ރައްކާތެރިވުމަށް ކޮންމެހެން މުހިންމު ކަމެކެވެ.
މި ދިރާސާގެ ހޯދުންތަކަށް ބަލައި ދުވުންތެރިން ބިރުގަންނަން ނުޖެހޭ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ސަބަބަކީ މިއީ މަދު ބައެއްގެ މައްޗަށް ކުރެވުނު ދިރާސާއަކަށް ވެފައި، ދުވުމާއި ކެންސަރާ ސީދާ ގުޅުމެއް އޮތްކަން ކަށަވަރު ނުވާތީއެވެ. ކެންސަރު ޖެހުމަށް ދިރިއުޅުމުގެ އާދަތަކާއި ޖެނެޓިކްސް ފަދަ އެތައް ކަމެއް މެދުވެރިވެއެވެ. ނަމަވެސް، ކަސްރަތު ކުރުމުގައި މެދު މިންގަނޑެއް ގެންގުޅުމަކީ މުހިންމު ކަމެކެވެ. މާ ބޮޑަށް ހަށިގަނޑަށް ބާރުލުމުގެ ބަދަލުގައި، މަޑުމަޑުން ތަމްރީނުތައް ވަރުގަދަކުރުމާއި، ކަސްރަތުގެ ދެމެދުގައި އެކަށީގެންވާ ވަރަށް އަރާމުކުރުމާއި، ހަށިގަނޑަށް ބޭނުންވާ ފެނާއި މާއްދާތައް ހަމަކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ސޯޝަލް މީޑިއާގެ ސަބަބުން އުފެދިފައިވާ "އެކްސްޓްރީމް ފިޓްނަސް" ސަގާފަތުގެ ސަބަބުން ހަށިގަނޑަށް ދެވޭ ގެއްލުންތަކަށްވުރެ، ބަލިތަކުން ރައްކާތެރިވުމަށް އިސްކަންދިނުން މާ ބުއްދިވެރިއެވެ.

ކިޔުންތެރިންގެ ހިޔާލު