އުމުރުން ދުވަސްވީ ފިރިހެނުން ޒުވާން އަންހެނުންނާ ލޯބީގެ ގޮތުން ގުޅެން ބޭނުންވާ ގިނަ ސަބަބުތަކެއް ހުރެއެވެ.
ޖޯޖް ކްލޫނީ، ލިއޮނާޑޯ ޑިކެޕްރިއޯ އަދި މެތިއު މެކޮނަހޭ ފަދަ މަޝްހޫރު ފަންނާނުންގެ ދިރިއުޅުމުން ފެންނަނީ އެއްގޮތް އުސޫލެކެވެ. މިއީ ހަމައެކަނި މަޝްހޫރު މީހުންގެ މެދުގައި އޮންނަ އާދައެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރޭގައި ވެސް 40 ނުވަތަ 50 ގެ އަހަރުތައް ގުނަމުންދާ ފިރިހެނުން، އެމީހުންގެ އުމުރުގެ ދެބައިކުޅަ އެއްބައިގެ ޒުވާން އަންހެނުންނާ ގުޅުން ބާއްވާ ތަން ފެނެއެވެ. ގިނަ ފަހަރަށް މުޖުތަމައުން މިފަދަ ފިރިހެނުންނަށް މަލާމާތްކޮށް، ނުވަތަ އަންހެން މީހާއަކީ ހަމައެކަނި ފައިސާއަށްޓަކައި ގުޅޭ މީހެއް ކަމަށް ބުނެއެވެ. ނަމަވެސް، މިފަދަ ގުޅުންތަކުގެ ފަހަތުގައި އޮތީ ހަމައެކަނި ޖިންސީ އެދުންވެރިކަމާއި މާއްދީ އެދުންތައް ބާވައެވެ؟
އުމުރުން ދުވަސްވީ ފިރިހެނުން ޒުވާން އަންހެނުންނަށް ޝައުގުވެރިވާ 13 ސަބަބު:
ދެމަފިރިންގެ ދެމެދުގައި އުމުރުގެ ބޮޑު ތަފާތެއް އޮތުމަކީ މުޖުތަމައު ގަބޫލުކުރަން ދަތި ކަމަކަށް ވީނަމަވެސް، ސޯޝަލް މީޑިއާގެ ސަބަބުން މިހާރު މިފަދަ ގުޅުންތަކާ މެދު މީހުންގެ ހިޔާލުތައް އަންނަނީ ބަދަލުވަމުންނެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި، ފިރިހެނުން އެމީހުންގެ އުމުރަށްވުރެ ހަގު އަންހެނުންނަށް ޝައުގުވެރިވުމަކީ އާންމު ކަމެކެވެ.
ރިލޭޝަންޝިޕް ކޯޗު ޑެބީ ރިވަރސް ބަޔާންކުރާ ގޮތުގައި، މީގެ ބައެއް ސަބަބުތަކުގެ ތެރޭގައި:
• މުޖުތަމައު ގަބޫލުކުރާ މިންގަނޑުތަކުގެ ތެރޭގައި ފިރިހެނުން ހަގު އަންހެނުންނާ ގުޅުމަކީ ޝަރަފެއް ކަމުގައި ބެލެވުން.
• އުމުރުން ދުވަސްވީ ނަމަވެސް، އަމިއްލަ ނަފްސަކީ މުސްކުޅި މީހެއް ކަމުގައި ގަބޫލުކުރަން ދަތިވުން.
• ޒުވާން އަންހެނުންގެ ކިބައިގައި ހުންނަ އުއްމީދީ އަދި ހަކަތައިން ފުރިގެންވާ ސިފަތަކުގެ ސަބަބުން ފިރިހެން މީހާއަށް ޒުވާންކަން އިހުސާސްވުން.
ތިރީގައި މިވަނީ މިފަދަ ގުޅުންތަކަށް ފިރިހެނުން ލަންބުވާލާ މައިގަނޑު ސަބަބުތަކެވެ.
1. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވުން
ގިނަ ފިރިހެނުންނަކީ ބަލާބެލުމަށް ފެންނަ ރީތިކަމަށް ލޯބިކުރާ ބަޔެކެވެ. ރީތި، ޒުވާން އަންހެނަކާއެކު އުޅުމަކީ އެމީހުންގެ ކާމިޔާބީގެ ރަމްޒެއް ނުވަތަ "ޓްރޮފީ" އެއް ފަދަ ކަމެކެވެ. މީގެ ސަބަބުން އެހެން ފިރިހެނުންގެ ކުރިމަތީގައި އެމީހުންނަކީ އަދިވެސް ކުޅަދާނަ ބައެއްކަން ސާބިތުކޮށްދީ، އަމިއްލަ ނަފްސަށް އޮންނަ ފަހުރުވެރިކަން އިތުރުވެއެވެ.
2. ޒުވާން ދުވަސްވަރުގެ ހަނދާންތައް އާކުރުން:
އުމުރުން ދުވަސްވުމުން، ރައްޓެހިންނާއެކު މަޖާކޮށް އުޅުނު ދުވަސްތައް މާޒީވުމުން އެ ފަޅުކަން ފިލުވައިދެނީ ޒުވާން ބައިވެރިޔާއެވެ. އޭނާގެ ކިބައިގައި ހުންނަ ހަލުވިކަމާއި މަޖާކުރުމުގެ ސިފަތަކުގެ ސަބަބުން، ފިރިހެން މީހާއަށް ވެސް އޭނާއަކީ އަދިވެސް ޒުވާނެއް ކަމުގެ އިހުސާސް ކުރެވެއެވެ.
3. އުމުރުގެ މެދުތެރޭގައި ކުރިމަތިވާ ނަފްސާނީ ހާސްކަމުން (Midlife Crisis) އަރައިގަތުން:
40 ނުވަތަ 50 ގެ އަހަރުތަކުގައި ފިރިހެނުންނަށް ދިރިއުޅުމުގައި ވަރުބަލިކަމާއި، ސިއްހީ މައްސަލަތަކާއި، ނުވަތަ ވަޒީފާގެ ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ. މިފަދަ ވަގުތެއްގައި ޒުވާން އަންހެނެއްގެ ފަރާތުން ލިބޭ ހިތްވަރާއި، އުއްމީދީ ވިސްނުމަކީ އެ މީހުންނަށް ދިރިއުޅުމުގެ އާ އުންމީދެއް ލިބިގެންދާ ކަމެކެވެ.
4. ޒުވާން އަންހެނުންގެ ފަރާތުން ލިބޭ ސަމާލުކަން:
ބައެއް ޒުވާން އަންހެނުން ވެސް އުމުރުން ދުވަސްވީ ފިރިހެނުންނަށް ޝައުގުވެރިވެއެވެ. އެއީ އެމީހުންނަކީ ވިސްނުންތެރި، ހަރުދަނާ އަދި މާލީ ގޮތުން ފުދޭ ބައެއް ކަމަށް ގަބޫލުކުރެވޭތީއެވެ. މިފަދަ ދެފަރާތުގެ ޝައުގުވެރިކަން އެއްވުމުން ގުޅުން އުފެދިގެންދެއެވެ.
5. އާއިލާ ބަލަހައްޓާ މީހެއްގެ ދައުރު އަދާކުރަން ބޭނުންވުން:
ގިނަ ސަގާފަތްތަކުގައި ފިރިހެނުންނަކީ އާއިލާއަށް ބޭނުންވާ ތަކެތި ހޯދައިދޭ (Provider) މީހާ ކަމުގައި ދެކެއެވެ. އުމުރުން ދުވަސްވީ އަންހެނުންނަކީ މިހާރު މިނިވަންކަމަށް ލޯބިކުރާ ބަޔަކަށް ވާއިރު، ޒުވާން އަންހެނުންނަށް އަޅާލައި ބަލަހައްޓައިދިނުމުން ފިރިހެން މީހާއަށް އޭނާގެ "ފިރިހެންވަންތަކަން" އިހުސާސް ކުރެވެއެވެ.
6. ޖިންސީ ގުޅުމުގެ އާ ތަޖުރިބާތައް:
ޒުވާން އަންހެނުން އާ ކަންތައްތައް ތަޖުރިބާކުރަން ބޭނުންވުމާއި، އުމުރުން ދުވަސްވީ ފިރިހެނުންގެ ތަޖުރިބާގެ ސަބަބުން، ޖިންސީ ދިރިއުޅުމަށް އާ ދިރުމެއް ލިބިގެންދެއެވެ.
7. ސީރިއަސް ގުޅުމަކަށް ބިރުގަތުން:
ބައެއް ފިރިހެނުންނަކީ ދާއިމީ ނުވަތަ ސީރިއަސް ގުޅުމެއް ބާއްވަން ބޭނުންވާ ބައެއް ނޫނެވެ. އެހެންކަމުން، ޒުވާން އަންހެނުންނާއެކު ވަގުތީ ގޮތުން މަޖާކޮށްލުމަށް މިފަދަ ގުޅުންތައް ބާއްވައެވެ.
8. ދަރިން ހޯދަން ބޭނުން ނުވުން:
ބައެއް އުމުރުން ދުވަސްވީ ފިރިހެނުން އަލުން ދަރިން ހޯދަން ބޭނުން ނުވެދާނެއެވެ. ޒުވާން އަންހެނުން ވެސް ކެރިއަރަށް އިސްކަންދީ، ވަގުތުން ދަރިން ހޯދަން ބޭނުން ނުވާތީ، މިއީ ދެމީހުންގެ ވިސްނުން އެއްގޮތްވާ ކަމަކަށް ވެއެވެ.
9. ދަރިން ހޯދަން ބޭނުންވުން:
މީގެ އިދިކޮޅަށް، ބައެއް ފިރިހެނުން އުމުރުގެ ފަހުކޮޅު ދަރިން ހޯދަން ބޭނުންވެއެވެ. އެހެންކަމުން، ދަރިން ހޯދުމުގެ ފުރުސަތު ބޮޑު، ސިއްހަތު ރަނގަޅު ޒުވާން އަންހެނުން އެމީހުން އިޚްތިޔާރު ކުރެއެވެ.
\
10. އުމުރުން ދުވަސްވީ އަންހެނުންގެ ވިސްނުން ތަފާތުވުން:
އުމުރުން ދުވަސްވީ އަންހެނުންނަކީ ދިރިއުޅުމުގެ ތަޖުރިބާ ގިނަ، އަމިއްލަ މިނިވަން ވިސްނުން ގެންގުޅޭ ބައެކެވެ. ބައެއް ފިރިހެނުންނަށް މިއީ "ބޮލަށް ބުރަ" ކަމަކަށް ވެދާނެއެވެ. އެމީހުން ބޭނުންވަނީ ކަންކަމުގައި ބަސްއަހާ، ފަސޭހައިން ގުޅިގެން އުޅެވޭ ޒުވާން ބައިވެރިޔެކެވެ.
11. ކޮންޓްރޯލް ނުވަތަ ބާރު ފޯރުވުން:
ބައެއް ފިރިހެނުން ބޭނުންވަނީ ގުޅުމުގެ ތެރޭގައި އެމީހުންގެ ބާރު އޮންނާށެވެ. ޒުވާން އަންހެނުންނަށް ކަންކަން ދަސްކޮށްދީ، އެމީހުން ބޭނުންވާ ގޮތަށް ބައްޓަންކުރުމަކީ ފަސޭހަ ކަމެއް ކަމުގައި އެމީހުން ދެކެއެވެ.
12. ކުރިއެރުމުގެ ފުރުސަތު އޮތުން:
ބައެއް ފިރިހެނުން ގަބޫލުކުރާ ގޮތުގައި، އުމުރުގެ ތަފާތާއެކު ވެސް ޒުވާން މީހެއްގެ ފަރާތުން އާ ކަންތައްތައް ދަސްކޮށް، ދެމީހުން އެކުގައި ކުރިއަށް ދިއުމުގެ ފުރުސަތު އޮވެއެވެ.
13. ސަގާފީ ވިސްނުން:
ބައެއް ސަގާފަތްތަކުގައި، ހާއްސަކޮށް އިރުމަތީ އޭޝިއާ އަދި މެދުއިރުމަތީގެ ގައުމުތަކުގައި، އުމުރުން ދުވަސްވީ ފިރިހެނުން ހަގު އަންހެނުންނާ ކައިވެނިކުރުމަކީ އާންމު އަދި ގަބޫލުކުރާ ކަމެކެވެ. އެއީ އެފަދަ ފިރިހެނުންނަކީ އާއިލާއަށް ރައްކާތެރިކަމާއި ހަމަޖެހުން ހޯދައިދެވޭނެ ބައެއް ކަމަށް ބެލެވޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު