ދިވެހިރާއްޖެއަށް ހަމަޖެހުމާއި ތަރައްޤީ ގެނެސްދެވޭނީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އަލުން ހަމައިސްކޮޅަށް ތެދުވެގެން ކަމަށާއި، އެކަން ކުރެވޭނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ ހިންގުމާ ހަވާލުވެވަޑައިގެންނެވުމުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިދިކޮޅު ލީޑަރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާ ރައީސް ނަޝީދުގެ ކެންޕޭނަށް ބޭއްވި "ބޮޑުބަދަލު" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ޤައުމުގެ މިހާރުގެ ޙާލަތާއި ޕާޓީގެ އެތެރޭގެ ކަންކަން ހުރި ގޮތުން، ރައްޔިތުންގެ އިތުބާރު އަލުން ހޯދައި، ޕާޓީއަށް އާ ޖޯޝެއް ގެނެވޭނީ ރައީސް ނަޝީދުގެ ސިޔާސީ ތަޖުރިބާގެ ބޭނުން ހިފައިގެންނެވެ.
ޖަލްސާގެ ބައިވެރިންނާ މުޚާޠަބުކުރައްވަމުން ފައްޔާޒް ވިދާޅުވީ، މިވަގުތު އެމްޑީޕީން ބޭނުންވަނީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާ ވިއްދައި، ސިޔާސީ ގޮތުން ސަރުކާރު ބަލިކުރެވޭނެ ފަދަ ވަރުގަދަ ލީޑަރޝިޕެއް ކަމަށެވެ.
އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ބަދަލުކޮށް، ރައްޔިތުންނަށް އާ އުއްމީދެއް ހޯދައިދިނުމަށްޓަކައި ރައީސް ނަޝީދު ޕާޓީގެ އިސްމަޤާމަށް ގެނައުން މަޖުބޫރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދު ނޫން އެހެން އިޚްތިޔާރެއް މިވަގުތު ޕާޓީއަށް ނެތްކަން ހާމަކުރައްވަމުން، ކުރިއަށް އޮތް ޖޫން 12 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ކާމިޔާބުކުރުމަށް އެމްޑީޕީ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒްގެ ވާހަކަކޮޅު ނިންމާލެއްވީ، ރައީސް ނަޝީދަށް އޮތް ފުރިހަމަ ތާއީދު ހާމަކޮށްދިނުމުގެ ގޮތުން، އެމަނިކުފާނުގެ ކެންޕޭން ލަވައިގެ ކޮޅަކުންނެވެ. އެގޮތުން، އެންމެން އެކުގައި އަތާއަތް ގުޅާލައިގެން އެމްޑީޕީ ކުރިއަށް ގެންދިއުމަށާއި، އިންތިޚާބުގައި ނަޝީދަށް ވޯޓު ދިނުމަށް ގޮވާލާ ލަވަކިޔަމުން، ޕާޓީގެ އާންމު މެންބަރުންގެ ކިބައިން އެމަނިކުފާނަށް ވޯޓު ދިނުމަށް ފައްޔާޒް ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު