ފެނަކަ ކޯޕަރޭޝަން\ގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭ ގޮތަށް ކުންފުނީގެ "ރިޑަންޑަންސީ އުސޫލު" އިސްލާހުކޮށް އަމަލުކުރަން ފަށައިފިއެވެ.
މި އާ އުސޫލު ފާސްކޮށްފައިވަނީ މި ހިނގާ މެއި މަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައެވެ. އެކަމާ ގުޅިގެން ފެނަކައިން ބުނެފައިވަނީ، ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ހިންގުން ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގާފައިވާ ކަމަށެވެ. މީގެ އިތުރުން، ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ފެނަކައިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތްތަކެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ބަދަލުކުރުމަށް ޕީސީބީން އަންގާފައިވާ ކަމަށްވެސް ސަރކިއުލާގައި ވެއެވެ.
މި އުސޫލުގެ ދަށުން މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ މައިގަނޑު ހަތަރު ހާލަތެއް ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުންފުނިން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ޚިދުމަތެއް ހުއްޓާލުމާއި، ކުންފުނީގެ ހިންގުމަށް އަންނަ ބަދަލަކާ ގުޅިގެން މަގާމެއް އުވިގެން ދިއުމާއި، ކުންފުނީގެ އިދާރީ އޮނިގަނޑަށް ގެނެވޭ ބަދަލެއްގެ ތެރެއިން މަގާމެއް އުނިވުމެވެ.
އޭގެއިތުރުން، ކުންފުނީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން މުވައްޒަފުން މަދުކުރަންޖެހޭ ހާލަތްތަކުގައިވެސް މުވައްޒަފުން ވަކިކުރުމުގެ ބާރު މި އުސޫލުން ކުންފުންޏަށް ލިބިދެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ މުވައްޒަފުންނަށް ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމެންޓުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ފެނަކައިން މުވައްޒަފުން ވަކިކުރެވޭނެ އުސޫލެއް ފާސްކޮށްފައިވާއިރު، އެ ކުންފުންޏަކީ ކޮންމެ ސަރުކާރަކުންވެސް މެރިޓް އުސޫލަށް ބެލުމެއްނެތި ސިޔާސީ ފިކުރަށް ބަލައިގެން މުވައްޒަފުން އައްޔަނުކުރާ ކުންފުންޏެއްކަމުގެ ޝަކުވާ އާއްމުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު