އިރާނުގެ 3 ކުންފުންޏަކުން ކޯވިޑް-19 އަށް ފަރުވާކުރުމަށް ބޭނުންކުރެވޭ އެންޓި-ވައިރަލް ބޭހެއްކަމަށްވާ، ފަވިޕިރާވިރް އުފެއްދުމުގެ މަސައްކަތް ފަށާނެކަމަށް އިރާނުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ބުނެފިއެވެ.

އެފްޑީއޭގެ ފަރާތުން ވާހަކަދައްކަވަމުން އެތަނާއި ހަވާލުވެ ހުންނަވާ މުހައްމަދު ރިޒާ ޝާނެސާޒް ވިދާޅުވީ ފަވިޕިރާވިރް އާއި ގުޅޭ ކްލިނިކަލް ޓެސްޓުތައް މިވަގުތު ކުރިއަށްދާ ކަމަށާއި، ވަރަށް ކައިރި މުސްތަގުބަލެއްގައި މި ބޭސް އުފެއްދުމުގެ މަސައްކަތް ފަށާނެކަމަށެވެ.

މި ބޭހުގެ ކްލިނިކަލް ޓެސްޓްތައް މި މަހުގެ 8 ވަނަ ދުވަހު ފަށާފައިވާއިރު، އިރާނުން އެ ބޭސް އަލަށް އުފެއްދިކަމަށް އެގައުމުގެ، މަސީޙް ޑަނެޝްވަރީ ހޮސްޕިޓަލްގެ އިސްވެރިޔާ އަލީ އަކްބަރް ވެލާޔަތީ ވިދާޅުވީ އޭޕްރިލް 5 ވަނަ ދުވަހުގައެވެ. މި ކުރިއެރުން ލިބިފައި މިވަނީ އެމެރިކާއިން އެގައުމަށް ލިބޭ ބޭހާއި ސިއްހީ ފަރުވާ ދިނުމަށް ބޭނުންކުރާ އިތުރު ސާމާނުގެ ތާށިކަމެއް އައިސްފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ 340 ބަލިމީހަކަށް މިބޭހުން ފަރުވާކޮށް ބަލި ފަސޭހަވާން ނެގި މުއްދަތު މަދުވިކަމަށާއި، ފުއްޕާމެއަށް ބޭހުން ކުރި އަސަރު ރަނގަޅުކަމަށް އެގައުމުގެ ސިއްހީ މާހިރުން މީގެކުރިން ބުނެފައިވެއެވެ. ވެލާޔަތީ ވިދާޅުވީ މަސީޙް ޑަނެޝްވަރީ ހޮސްޕިޓަލްގައި ކޮރޯނާވައިރަހަށް ފަރުވާ ދިނުމުގައި މިހާރުވެސް އެބޭސް ބޭނުން ކުރާ ކަމަށެވެ.

އިރާނުގައި 68,192 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، 4,232 މީހަކުވަނީ ބަލީގައި މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން