މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މާލޭގައި ހުންނަ ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ އިމާރާތްތަކަކަށް ވަދެ ވައްކަން ކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފުލުހުން މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ މަރުކަޒީ ސަރަހައްދުތަކުގައި ހުންނަ އެ ދެ ކުންފުނީގެ މަރުކަޒުތަކަށް ވަދެ ވައްކަން ކުރި ކަމުގެ ތުހުމަތުގައެވެ. އެގޮތުން ސްޓެލްކޯގެ ސަބްސްޓޭޝަނަކަށް ވަދެ ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، އަޝްރަފްމަންޒިލް، އަހުމަދު ނިޒާރު (37 އަހަރު) އާއި ހއ. ތަކަންދޫ، ކޮތަރިވިލާ، އަހުމަދު ރަޝީދު (37 އަހަރު) އެވެ.

މި ދެ މީހުންގެ މައްޗަށް ފުލުހުން ކުރަނީ ހުއްދަނޫން ތަނަކަށް ވަދެ، މުދަލަށް ގެއްލުންދީ، ވައްކަން ކުރުމުގެ ތުހުމަތެވެ. އެ ދެ މީހުން ވެސް ވަނީ ސްޓެލްކޯގެ ސަބްސްޓޭޝަނަށް ވަން ކަމަށް އިއުތިރާފުވެފައެވެ. އެހެންކަމުން، މައްސަލައިގެ ތަހުގީގަށް މި ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން، އެމްޑަބްލިއުއެސްސީގެ ގަރާޖަކަށް ވަދެ ވައްކަން ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، ގ. ޕާކަރުހައުސް، އަބްދުالله ޖިނާހު (29 އަހަރު) އެވެ. މި މައްސަލައިގައި އޭނާގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މި ހާދިސާތައް ހިނގާފައިވަނީ މާލޭގައި ހުންނަ އެ ކުންފުނިތަކުގެ މަރުކަޒީ ސަރަހައްދުތަކުގައެވެ. ފުލުހުން މިހާރު ދަނީ މި ދެ މައްސަލަ ވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު