ގޭތެރޭގައި ގެންގުޅޭ ގަސްތަކަކީ ވަކިވަކިން ބަހައްޓާ އެއްޗެއްގެ ގޮތުގައި ގިނަ މީހުން ދެކުނަސް، ބައެއް ބާވަތްތަކުގެ ގަސްތައް އެކުގައި ބެހެއްޓުމުން މާ ރަނގަޅަށް ހެދެއެވެ. އެކި ގަސްތައް ކައިރި ކައިރީ ބެހެއްޓުމުން ތަނުގެ ތެތްކަން ހިފެހެއްޓުމަށާއި އަލި ބޭނުންވާ މިންވަރު ހަމަޖެއްސުމަށް އެހީތެރިވެދެއެވެ.

1. މޮންސްޓެރާ (Monstera) އާއި ޕީސް ލިލީ (Peace Lily):



މޮންސްޓެރާ (Monstera) އާއި ޕީސް ލިލީ (Peace Lily)


މޮންސްޓެރާއަކީ ތެތްކަމަށް ލޯބިކުރާ ގަހެކެވެ. ޕީސް ލިލީއަކީ ގުދުރަތީ ގޮތުން ތެތްކަން އުފައްދައިދޭ ގަހެކެވެ. ޕީސް ލިލީގެ ފަތްތަކުން ބޭރުކުރާ ތެތްކަން މޮންސްޓެރާގެ ގަހަށް ލިބެއެވެ. މީގެ އިތުރުން، ޕީސް ލިލީ މިލައިގެން ދިއުމުން، ދެ ގަހަށްވެސް ފެން ބޭނުންވެފައިވާކަން ދެނެގަނެވޭނެއެވެ.

2. ސްޕައިޑަރ ޕްލާންޓް (Spider Plant) އާއި ޕޯތޯސް (Pothos):



ސްޕައިޑަރ ޕްލާންޓް (Spider Plant) އާއި ޕޯތޯސް (Pothos)


މިއީ ބެލެހެއްޓުމަށް އެންމެ ފަސޭހަ ދެ ގަހެވެ. މި ދެ ގަސް އެކުގައި ބެހެއްޓުމުން ވައިގެ ތެރޭގައި ހުންނަ ތެތްކަން ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. އަދި ދެ ގަސްވެސް އަވަހަށް ހެދޭތީ، ކުރު މުއްދަތެއްގެ ތެރޭގައި ތަން ފުރާލާނެއެވެ.

3. ސްނޭކް ޕްލާންޓް (Snake Plant) އާއި ޒީޒީ ޕްލާންޓް (ZZ Plant):



ސްނޭކް ޕްލާންޓް (Snake Plant) އާއި ޒީޒީ ޕްލާންޓް (ZZ Plant)


އިރުގެ އަލި މަދު ތަންތަނަށް މިއީ އެންމެ އެކަށީގެންވާ ދެ ގަހެވެ. މި ދެ ގަހަކީވެސް ގިނަ ދުވަހު ފެން ނުދީ ބެހެއްޓޭ، ވަރުގަދަ ދެ ގަހެވެ. މީގެ އިތުރުން ދެ ގަސްވެސް ހެދެނީ ލަހުން ކަމަށްވާތީ، އެއް ގަސް އަނެއް ގަހަށްވުރެ ބޮޑުވެ، އުނދަގޫވުމުގެ ބިރެއް ނޯންނާނެއެވެ.

4. ބާރޑް އޮފް ޕެރަޑައިސް (Bird of Paradise) އާއި ފާން (Ferns):



ބާރޑް އޮފް ޕެރަޑައިސް (Bird of Paradise) އާއި ފާން (Ferns)


ބާރޑް އޮފް ޕެރަޑައިސް ގަހަށް ގިނަ އަލި ބޭނުންވާއިރު، އޭގެ ބުޑުގައި އޮންނަ ވެލިގަނޑު އަވަހަށް ހިކެއެވެ. ގަހުގެ ބުޑުގައި ފާން އިންދުމުން، ވެލިގަނޑަށް ހިޔާލިބި، ފިނިކަން ހިފަހައްޓައިދެއެވެ. އަދި ބޮޑު ގަހުގެ ފަތްތަކުގެ ތެރެއިން ފުރޭނިގެން އަންނަ އަލީގައި ފާން ގަސްތައް ރަނގަޅަށް ހެދެއެވެ.

5. އެލޯވެރާ (Aloe Vera) އާއި ޖޭޑް ޕްލާންޓް (Jade Plant):



އެލޯވެރާ (Aloe Vera) އާއި ޖޭޑް ޕްލާންޓް (Jade Plant)


މިއީ ހިކި މޫސުމަށް ލޯބިކުރާ ދެ ގަހެވެ. މި ދެ ގަހުގެ ފަލަ ފަތްތަކުގައި ފެން ރައްކާކުރާތީ، ދުވަސްކޮޅަކު ފެން ނުދީ ހުއްޓަސް މައްސަލައެއް ދިމައެއް ނުވާނެއެވެ. މި ދެ ގަސް އެކުގައި ބެހެއްޓުމުން، ދެ ގަހަށްވެސް ބޭނުންވާ ހިކި އަދި ވައި ދައުރުވާ މާހައުލެއް އުފެދެއެވެ. އަދި އިރުގެ އަލި ލިބޭ ކުޑަދޮރު ކައިރީގައި ބެހެއްޓުމަށް މިއީ ވަރަށް ފުރިހަމަ ޖޯޑެކެވެ.

6. އިންގްލިޝް އައިވީ (English Ivy) އާއި ބޮސްޓަން ފާން (Boston Fern):



އިންގްލިޝް އައިވީ (English Ivy) އާއި ބޮސްޓަން ފާން (Boston Fern)


ފެންވަރާ ކޮޓަރީގައި ކުޑަދޮރެއް ހުރިނަމަ، އެތަނުގައި ބެހެއްޓުމަށް މިއީ އެންމެ އެކަށީގެންވާ ދެ ގަހެވެ. މި ދެ ގަހަކީވެސް ތެތްކަމާއި ފިނި މާހައުލަށް ލޯބިކުރާ ގަސްތަކެކެވެ. މި ދެ ގަސް އެކުގައި ބެހެއްޓުމުން ތަނުގެ ތެތްކަން މަތީ މިންވަރެއްގައި ހިފެހެއްޓި، ފާން ގަހުގެ ފަތްތައް މުށިކުލަވުމުން ސަލާމަތްކޮށްދެއެވެ.

7. ކެލަތިއާ (Calathea) އާއި މަރަންޓާ (Maranta):



ކެލަތިއާ (Calathea) އާއި މަރަންޓާ (Maranta)


މިއީ 'ޕްރޭޔަރ ޕްލާންޓްސް' ގެ ގޮތުގައި މަޝްހޫރު، ދުވާލުގެ ވަގުތުތަކުގައި ފަތްތައް ހަރަކާތްކުރާ ދެ ގަހެވެ. މި ގަސްތަކަކީ ތެތްކަމަށް ވަރަށް ބޮޑަށް ބޭނުންވާ ގަސްތަކެކެވެ. މި ދެ ގަސް އެކުގައި ބެހެއްޓުމުން އޭގެ ވަށައިގެން ތެތްކަން ހުންނަ ސަރަހައްދެއް އުފެދި، ފަތްތައް އޮޅުމުން ސަލާމަތްކޮށްދެއެވެ. އަދި ދެ ގަހަކީވެސް ބެލެހެއްޓުމުގައި އެއްގޮތް އުސޫލުތަކެއް ގެންގުޅޭ ދެ ގަހަށްވާތީ، އެކުގައި ބެލެހެއްޓުން ފަސޭހަވާނެއެވެ.

ގަސްތައް ޖޯޑު ޖޯޑަށް ބެހެއްޓުމަކީ، ގުދުރަތީ ގޮތުން ގަސްތައް ހެދޭ މާހައުލާ އެއްގޮތަށް ގޭތެރޭގައި ގަސް ހެއްދުމަށް އޮތް އެންމެ ރަނގަޅު ގޮތެވެ. މިގޮތަށް އަމަލުކުރުމުން ގަސްތައް އެކަތި އަނެކައްޗަށް އެހީތެރިވެ، ބެލެހެއްޓުމުގައި އުފުލަންޖެހޭ ތަކުލީފު ކުޑަވެގެންދާނެއެވެ. މި ޖޯޑުތައް ތަޖުރިބާކޮށްލުމުން، ގަސްތައް އެކުގައި އުފަލާއެކު ހެދޭ މަންޒަރު ފެނިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު