ރައްޔިތުން އިންތިޚާބުކުރާ ގޮތަށް އޮތް އަތޮޅު ކައުންސިލްތައް އުވާލައި، ސަރުކާރުން ބޭފުޅުން އައްޔަންކުރާ ގޮތަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އަތޮޅު އޮފީސްތައް ގާއިމްކުރުމަކީ ޚަރަދު ބޮޑު ޚުދުމުޚްތާރު ވެރިކަމަކަށް އެނބުރި ދިއުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނަސީމް ވިދާޅުވީ، މި ބަދަލަކީ ޑިމޮކްރެސީ ހަރުދަނާކުރުމަށާއި ބަޖެޓުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި ގެނައި ބަދަލެއް ކަމަށް ބުނި ނަމަވެސް، މީގެ އަސްލު ނަތީޖާއަކީ ޚަރަދު ބޮޑުވެ، ޚުދުމުޚްތާރު ވެރިކަމެއްގެ ސިފަތައް އަލުން އިއާދަވުން ކަމަށެވެ.
މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނަފާ ނަސީމް ވަނީ، ރައްޔިތުންގެ ސީދާ ވޯޓުން ހޮވާ މަންދޫބުންގެ ބަދަލުގައި، މަރުކަޒީ ސަރުކާރުގެ ވެރިޔާ އައްޔަންކުރާ ބަޔަކަށް އަތޮޅުތަކުގެ ހިންގުން ދޫކޮށްލުމަކީ ޑިމޮކްރެސީގެ އަސްލުތަކާ މުޅިން ޚިލާފު، އަދި ލާމަރުކަޒީ ނިޒާމަށް ދެވޭ ބޮޑު ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި މި ބަދަލާއެކު، އަތޮޅު ކައުންސިލްތަކުގެ އިދާރީ ހިންގުމާއި، އެ ތަންތަނުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް މިހާރު ވަނީ އެލްޖީއޭގެ ދަށަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސާވަންޓުންގެ ގޮތުގައި ހަމަޖައްސައި، އެ މުވައްޒަފުން މިހާރު ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ދަށަށް ބަދަލުކޮށްފައެވެ.

އަސްލު ވެސް. ރައްޔިތުން އިންތިޚާބުކުރާގޮތަށް އޮތް އަތޮޅު ކައުންސިލް އުވާލައި ވެރިމީހާ އައްޔަންކުރާ (އެލްޖީއޭ އަތޮޅު އޮފީސް) މި ގާއިމްކުރީ! ބުނަނީ ޑިމޮކްރެސީ ހަރުދަނާވެ ބަޖެޓު ޚަރަދު ކުޑަކުރަން ކަމަށް. އަސްލު ނަތީޖާއަކީ ޚަރަދުބޮޑު ޚުދްމުޚްތާރުކަމަށް އަނބުރައި މި ދެވެނީ! ދީ? https://t.co/u1axYWpFON
— NafaNaseem (@monasibnaseem) May 19, 2026
މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނަފާ ނަސީމް ވަނީ، ރައްޔިތުންގެ ސީދާ ވޯޓުން ހޮވާ މަންދޫބުންގެ ބަދަލުގައި، މަރުކަޒީ ސަރުކާރުގެ ވެރިޔާ އައްޔަންކުރާ ބަޔަކަށް އަތޮޅުތަކުގެ ހިންގުން ދޫކޮށްލުމަކީ ޑިމޮކްރެސީގެ އަސްލުތަކާ މުޅިން ޚިލާފު، އަދި ލާމަރުކަޒީ ނިޒާމަށް ދެވޭ ބޮޑު ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި މި ބަދަލާއެކު، އަތޮޅު ކައުންސިލްތަކުގެ އިދާރީ ހިންގުމާއި، އެ ތަންތަނުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް މިހާރު ވަނީ އެލްޖީއޭގެ ދަށަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސާވަންޓުންގެ ގޮތުގައި ހަމަޖައްސައި، އެ މުވައްޒަފުން މިހާރު ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ދަށަށް ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު