އެމެރިކާގެ ވޮޝިންގްޓަން މޮނިއުމަންޓާ އެއްވަރުގެ ބޮޑު އެސްޓެރޮއިޑެއް (ޖައްވީ ހިލައެއް) ދާދިފަހުން ދުނިޔެއާއި ހަނދާ ދެމެދުން ވަރަށް ކައިރިން ދަތުރުކޮށްފިއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި "2026 ޖޭއެޗް2" ގެ ނަމުން ނަންދެވިފައިވާ މި އެސްޓެރޮއިޑް ދުނިޔޭގައި ޖެހުމުގެ އެއްވެސް ނުރައްކަލެއް ނެތް ނަމަވެސް، މިއީ ވަރަށް ކައިރިން ދަތުރުކުރި ހިލައެކެވެ.
އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، މި އެސްޓެރޮއިޑް ދުނިޔެއާ ދިމާލަށް އަންނަކަން ސައިންސްވެރިންނަށް އެނގުނީ އެ ދަތުރުކުރުމުގެ އެންމެ ފަސްވަރަކަށް ދުވަސް ކުރިން ކަމަށްވުމެވެ. މި ހިލަ ދަތުރުކޮށްފައިވަނީ މެއި 18 ވީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
މި އެސްޓެރޮއިޑް ފުރަތަމަ ފެނިފައިވަނީ މޭ މަހުގެ 10 ވަނަ ދުވަހު އެރިޒޯނާގެ މައުންޓް ރެމަން ސާވޭގެ އެސްޓްރޮނޮމަރުންނަށެވެ. ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މިއީ ދުނިޔެއާ އެންމެ ކައިރިން ދަތުރުކުރި ވަގުތެވެ.
އެގޮތުން ގަޑިއަކު ގާތްގަނޑަކަށް 20،000 މޭލުގެ ބާރުމިނުގައި ދަތުރުކުރި މި ހިލަ ދުނިޔެއާ 56،000 މޭލު ކައިރިން ފާއިތުވެގެންދިޔައެވެ. މިއީ ދުނިޔެއާއި ހަނދާ ދެމެދު ހުންނަ ދުރުމިނުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބަޔެވެ.
ސައިންސްވެރިން ޔަގީންކޮށްދޭ ގޮތުގައި މި ހިލައިގެ ސަބަބުން ދުނިޔެއަށް އެއްވެސް ނުރައްކަލެއް ނެތެވެ.
މި އެސްޓެރޮއިޑްގެ ފުޅާ މިނުގައި 50 އާއި 115 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
ނަމަވެސް، މި ޖައްވީ ހިލައިގެ ދަތުރުން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ، މިފަދަ ބޮޑެތި ޖައްވީ ހިލަތައް ދުނިޔެއާ ކައިރިވަމުން އަންނައިރުވެސް، އެތަކެތި ދުނިޔެއާ ނުހަނު ކައިރިވުމުގެ ކުރިން ދެނެގަތުމަށް މިހާރު ހުރި ޓެކްނޮލޮޖީއަށް ހުރި ހުރަސްތަކެވެ.
ސައިންސްވެރިން ހާމަކުރާ ގޮތުގައި މިފަދަ ކުދި އަދި މެދުސައިޒުގެ އެސްޓެރޮއިޑްތަކުގެ ތެރެއިން އަހަރެމެންނަށް ދެނެގަނެވެނީ ވަރަށް ކުޑަ މިންވަރެކެވެ. ގިނަ ފަހަރަށް މިތަކެތި ފެންނަނީ އިރުގެ އަލި ވަކި ދިމާލަކުން އެއަށް އެޅުމުންނެވެ.
މިފަދަ ހާދިސާތަކަކީ ބިރުވެރި ކަމެއްގެ ގޮތުގައި ސިފަވި ނަމަވެސް، ކޮންމެހެން ބޭނުންޖެހިއްޖެ ހާލަތެއްގައި އެސްޓެރޮއިޑްތަކުގެ މިސްރާބު ބަދަލުކޮށްލުމުގެ ގާބިލުކަން (ރޮކެޓް ބޭނުންކޮށްގެން) މިހާރު އިންސާނުންގެ ކިބައިގައި ހުރިކަން ނާސާގެ ޑާޓް މިޝަނުން ވަނީ ސާބިތުކޮށްދީފައެވެ. އެހެންކަމުން، މިވަގުތަށް މިފަދަ ކުއްލި ނުރައްކަލަކުން ސަލާމަތްވުމުގެ އުއްމީދު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު