ހދ. ހިރިމަރަދޫ ކައުންސިލާއި، ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކެއް 2026 މޭ 17 ވަނަ ދުވަހުން ފެށިގެން އުވާލެއްވުމަށާއި، އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫއަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައިވާ ގޮތުން، މި ބަދަލު ގެންނަވާފައިވަނީ ޤަރާރު ނަންބަރު 2025/33 އާއި 2025/34 އަށް ރިޢާޔަތްކުރައްވައެވެ. މިއާއެކު "އައްޑޫ މީދޫ" އަދި "އައްޑޫ ހުޅުދޫ" އަކީ ވަކި ރަށު ކައުންސިލް އިދާރާތަކެއް ހިނގާނެ ރަށްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ.
މީގެ އިތުރުން، އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަޙައްދަކީ "އައްޑޫ ސިޓީ" ގެ ނަމުގައި ހިންގާ ވަކި އިދާރީ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އޮނިގަނޑުވެސް ވަނީ އަލުން ތަރުތީބު ކުރަށްވާފައެވެ.
އަދި އެރަށްތަކުގެ ކައުންސިލްތަކަށް ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީތަކުގައި ނަންބަރު ޖެއްސެވުމުގައި ބޭނުންކުރުމަށް ހަމަޖައްސާފައިވާ ކޯޑުތަކަކީ:
އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ: 1140
އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ: 1141
ހދ. ހިރިމަރަދޫ ކައުންސިލް އުވާލެއްވުމަށް ނިންމެވި ސަބަބަކީ، އެ ރަށުގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީއެވެ. މި ނިންމެވުމަށް ޢަމަލުކުރަން ފަށާފައި ވަނީ 2026 މޭ 17 ގައެވެ.
އަތޮޅު ކައުންސިލްތައް އުވާލެއްވުމަށް ނިންމެވި ނިންމެވުމަކީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙާ ގުޅިގެން ނިންމެވި ނިންމެވުމެކެވެ. ޤާނޫނުގައިވާ ގޮތުން، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށްފަހު، އިންތިޚާބުކުރެވޭ އައު މެންބަރުން މަގާމާ ހަވާލުވުމާއެކު މިހާރު ހުރި އަތޮޅު ކައުންސިލްތަކާއި އެ ކައުންސިލްތަކުގެ އިދާރާތައް އުވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު