އައު ކައުންސިލަރުން ހުވައިކުރުމަށްފަހު، ކައުންސިލްގެ ނައިބު ރައީސް ހޮވުމަށް ބޭއްވި ތިން ބައްދަލުވުމުންވެސް ނަތީޖާއެއް ނުނެރެވި، އދ. މަހިބަދޫ ކައުންސިލްގެ ހިންގުމަށް ބުރޫއަރައި ހުއްޓުމަކަށް އަތުވެއްޖެއެވެ.
ކައުންސިލްތަކުގެ އައު ދައުރު އިއްޔެ ފަށާފައިވާއިރު، ޤާނޫނުގައިވާ ގޮތުން ކައުންސިލަރުން ހުވާކުރުމަށްފަހު ބާއްވާ ފުރަތަމަ ރަސްމީ ބައްދަލުވުމުގައި ކުރަންޖެހޭ އެންމެ ފުރަތަމަ މަސައްކަތަކީ ކައުންސިލަށް ނައިބެއް އިންތިޚާބު ކުރުމެވެ. ނަމަވެސް މަހިބަދޫ ކައުންސިލްގެ ނައިބުގެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރެވިފައެއް ނުވެއެވެ.
މަހިބަދޫ ކައުންސިލްގެ ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލެއްވީ ތިން ބޭފުޅުންނެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރު މުޙައްމަދު މައުމޫން އާއި، އެމްޑީޕީގެ މެންބަރު ޒަޢީމާ މުޙައްމަދުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ބުންޏާމީން ޙަސަނެވެ.
މި ތިން މެންބަރުންގެ މެދުގައި ނެގުނު ފުރަތަމަ ވޯޓުގައި ކޮންގްރެސް ޕާޓީގެ މެންބަރަށާއި އެމްޑީޕީގެ މެންބަރަށް ލިބުނީ ކޮންމެ ބޭފުޅަކަށް ދެ ވޯޓެވެ. އަދި އަމިއްލަ މެންބަރަށް ލިބުނީ އެންމެ ވޯޓެކެވެ. މި ނަތީޖާއާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލަފާދިނީ އެންމެ ގިނަ ވޯޓު ލިބުނު ދެ މެންބަރުންގެ މެދުގައި އަލުން ވޯޓު ނެގުމަށެވެ.
ނަމަވެސް، އެ ބައްދަލުވުމުގައި ތިން ފަހަރު މަތިން ވޯޓު ނެގިއިރުވެސް ކޮންމެ މެންބަރަކަށް ލިބެނީ ދެ ވޯޓެވެ. އަދި އަބަދުވެސް އެއް ވޯޓު ވަނީ ބާތިލެވެ. އަދި އިއްޔެ ހެނދުނު ބޭއްވި ބައްދަލުވުމުގައި ގޮތެއް ނުނިންމުމުން ރޭގައި އަލުން ވޯޓު ނެގި ނަމަވެސް، އެއްވެސް ނަތީޖާއެއް ނެރެވޭ ގޮތް ވަނީ ނުވެފައެވެ.
މި މައްސަލަ ހައްލުކުރުމަށް މިއަދު މެންދުރު ވަނީ ތިންވަނަ ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުންވެސް އެއްވެސް ކުރިއެރުމެއް ނުލިބި ނިމުމަކަށް އައުމުން، މިހާރު ވަނީ ހަތަރުވަނަ ބައްދަލުވުން މިރޭ ބޭއްވުމަށް ތާވަލްކޮށްފައެވެ.
ނައިބު ރައީސަކު ހޮވުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން، މަހިބަދޫ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި، ކައުންސިލްގެ ޤާނޫނީ ޒިންމާތައް އަދާކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ރައްޔިތުން އުންމީދު ކުރަނީ މިރޭގެ ބައްދަލުވުމުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު