އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
މިއަދު މެންހަޓަން ހޮޓަލުގައި ކުރީގެ ތިން ރައީސުން އެކުލަވާލި ކޮމިޓީން ބޭއްވި ޚާއްޞަ ބައްދަލުވުމަށްފަހު، މީޑިއާތަކާ ވާހަކަދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާވެއްޖެއެވެ.

ފައްޔާޒް ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ކުރީގެ ތިން ރައީސުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން، އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން އެކުގައި މަސައްކަތް ކުރުމަށް މިއަދުގެ ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި މި ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތްތަކުގެ އިތުރު މަޢުލޫމާތުތައް ވަރަށް އަވަހަށް ޕްރެސްއާ ހިއްސާކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަސް މުސްތަޤްބަލެއްގައި، ޕްރެސްއާ އެއްކޮށް އަޅުގަނޑުމެން މި ހަރަކާތްތައް ކުރިއަށްދާ ގޮތާއި، އެ މަޢުލޫމާތުތައް ކުރިއަށް ގެންދާ ގޮތުގެ ޑެއިލީ އަޕްޑޭޓްސް ޕްރެސްއަށް ދިނުމުގެ އިންތިޒާމް އަޅުގަނޑުމެން ހަމަޖައްސައިގެން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން." ފައްޔާޒް އިސްމާޢީލް ވިދާޅުވިއެވެ.

ޤައުމުގެ މިހާރުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ފައްޔާޒް ވިދާޅުވީ، މިހާރު ރާއްޖެ ދަތުރުކުރަމުންދާ މިސްރާބު ބަދަލުކޮށް، ކަންކަން އިޞްލާޙު ކުރުމަށްޓަކައި އިދިކޮޅު ހުރިހާ ފަރާތްތަކުން ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު