ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް
ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީއަށް ނިސްބަތްވާ މެންބަރަކު އަންހެން ކުއްޖަކު ބްލެކްމެއިލް ކުރަން ރޭވި ކަމުގެ ބޮޑު ތުހުމަތެއް ފަޅާއަރުވާލައްވައިފިއެވެ.

ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް، ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ސާބިތު ޕޯސްޓެއްގައި އައްބާސް ވިދާޅުވި ގޮތުގައި، މިދިޔަ ރަމަޟާން މަހުގެ ތެރޭގައި އެ މެންބަރު އޭނާއަށް ގުޅުއްވައި، ވަކި އަންހެން ކުއްޖަކު ދިރިއުޅޭ އެޕާޓްމަންޓް ބިލްޑިންގާއި އުޅޭ ފްލޯއެއް އެނގޭތޯ ސުވާލު ކުރައްވާފައިވެއެވެ.





އެ ސުވާލާ ގުޅިގެން، އެއީ ކޮން ބޭނުމަކު އަދި ކާކު ބުނެގެން ބަލާ ބެލުމެއްތޯ ސުވާލު ކުރުމުން، އެ މެންބަރު ވިދާޅުވީ އޭނާގެ އަނބިމީހާ ބުނެގެން ބަލަނީ ކަމަށެވެ. އޭގެ ފަހުން، އެ އަންހެން ކުއްޖާ ބްލެކްމެއިލް ކުރުމަށްޓަކައި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ހޯދައިދިނުމަށް އެދިވަޑައިގެން، އެކަމަށް ބޭނުންވާނެ ފަންޑާއި އާލާތްތައް (އިކުއިޕްމަންޓް) ފޯރުކޮށްދޭނެ ކަމަށްވެސް އެ މެންބަރު ވިދާޅުވި ކަމަށް އައްބާސް ހާމަކުރެއްވިއެވެ.

ނަމަވެސް، އެފަދަ ނާތަހުޒީބު ކަމެއް ކުރަން އޭނާއަށް ނުވާނެ ކަމަށް ބުނެ އެކަމަށް އިންކާރު ކުރެއްވި ކަމަށް އައްބާސް ވިދާޅުވިއެވެ. އަދި އެ މެންބަރާއެކު މި ފޯނު ކޯލް ކުރިއަށްދިޔައިރު، އޭނާގެ އަނބިމީހާވެސް ކައިރީގައި އިިން ކަމަށާއި، އެމީހުން ކުރަން އުޅުނު މުޑުދާރު ކަންތައްތަކުން ސަލާމަތްވުމަށް ނުވަތަ ކަންކަން ސިއްރު ކުރުމުގެ ގޮތުން އެ އަންހެން ކުއްޖާ ބްލެކްމެއިލް ކުރަން އުޅޭކަން ވަގުތުން އެ ކުއްޖާއަށް ގުޅައި ކިޔައިދީފައިވާނެ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

ޕޯސްޓް ނިންމާލައްވަމުން އައްބާސް ވަނީ، އެ މެންބަރު އެފަދަ ކަމެއް ނުކުރާނަމަ، އެގޮތަށް ކަންބޮޑުވެގެން އުޅެންޖެހުނީ ކީއްވެގެންތޯ ސުވާލު އުފައްދަވައި، ވަރުގަދަ ފާޑުކިއުމެއް އަމާޒު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު