މިނިވަން މުއައްސަސާތަކާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރެއްވުމަށް ބުނެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޢަބްދުﷲ ޔާމީން، ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ފަލާހު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދެއްކެވި ނަމަވެސް، އެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ނޫސްވެރިންނަށް ސުވާލު ކުރަން ޖެހުނީ އެ ތިން ރައީސުން އެދިވަޑައިގެންނެވި ގޮތަށް ކަމަށާއި، އެ ނޫން ސުވާލެއް ކުރަން އުޅުމުން އެކަން ހުއްޓުވާފައިވާ ކަމަށެވެ.
އަދި އެބޭފުޅުން އެކުލަވާލި އެއްބަސްވުމުގައި ޝަރުޢީ ދާއިރާއާއި މަޖިލީހުގެ މިނިވަންކަމާއި، އިގްތިސާދީ ޙާލަތު ރަނގަޅު ކުރުމާއި، ކޮރަޕްޝަން ނައްތާލުމުގެ ވާހަކަ އޮތުމުން ހިނި އަންނަ ކަމަށް ވިދާޅުވެ، އެ ބޭފުޅުންގެ ވެރިކަމުގައި ކަންކަން ހިނގާދިޔަ ގޮތަށް ފަލާހު ވަނީ އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ފަނޑިޔާރަކު ހައްޔަރުކޮށްގެން ޖަލަށްލުމާއި، ކޯޓުތަކުގައި ތަޅުއެޅުވުމާއި، އެމްއެންބީސީ އާއި ސާކް ސަމިޓާ ގުޅޭ ކޮރަޕްޝަން ހިންގާފައިވާ ކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ކޯޓުތަކުގެ ޓިނު ނަގައި ގާޒީންނަށް ބިރުދެއްކުމާއި، މަޖިލިސް ހިސާރުކުރުމުގެ އިތުރުން، ނޫސްވެރިޔާ ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ ވާހަކަ ދެއްކުން މަނާކޮށް ނޫސްވެރިންގެ އަނގަމަތީގައި ޓޭޕް އެޅި ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޞާލިޙުގެ ވެރިކަމުގައި ގައުމު 60 ބިލިއަން ރުފިޔާއިން ދަރުވާލުމާއި، ވެންޓިލޭޓަރުގެ ވައްކަމާއި، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރުމުގެ އިތުރުން ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ދޫކޮށްލި މައްސަލަ ވެސް ފަލާހު ފާހަގަކުރެއްވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، މިއީ ވެރިކަމުގެ އާރާއި ބާރު ލިބުމުން އެ ތިން ބޭފުޅުން ކަންކުރެއްވި ގޮތުގެ ކުޑަ މިންވަރެއް ކަމަށާއި، މިފަދަ ހާލަތެއްގައި އެބޭފުޅުންނަށް ދެން ގައުމާއި ރައްޔިތުންނަށް ހޯދައިދެވޭނެ ހަގީގީ މިނިވަންކަމެއް ނެތް ކަމަށެވެ.
އަދި މި ތިން ބޭފުޅުންގެ ވެސް އޮތީ ހުސް އަމިއްލަ އެދުން ކަމަށް ވިދާޅުވެ، އެބޭފުޅުން ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭނެ މިންވަރާ މެދު ރައްޔިތުން ފުންކޮށް ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވަމުން ފަލާހު ވަނީ ފާޑުކިއުންތައް ނިންމާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު