އެމެރިކާގައި ބޭސް ބޭނުންކޮށްގެން އަބޯޝަން ނުވަތަ ދަރިވައްޓާލުމަށް ބޭނުންކުރާ "މިފެޕްރިސްޓޯން" ނަމަކަށް ކިޔާ ބޭސް، ޕޯސްޓް މެދުވެރިކޮށް ފޮނުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ. ބުރާސްފަތި ދުވަހު ނެރުނު މި އަމުރާއެކު، ދަށު ކޯޓަކުން މި ބޭސް ލިބުމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މި ބޭސް އުފައްދާ ދެ ކުންފުންޏަކުންނެވެ. އެއީ ދަށު ކޯޓަކުން މި ބޭސް ލިބުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، މި މައްސަލައިގައި ގާނޫނީ ގޮތުން ވަކި ގޮތެއް ނިމެންދެން ބޭސް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. ބެލެވޭ ގޮތުގައި މި މައްސަލައިގެ ފައިނަލް ނިންމުމެއް އަންނާނީ އަންނަ އަހަރުގައެވެ.
އެމެރިކާގައި ބަނޑުބޮޑުވުން ނިމުމަކަށް ގެނައުމަށް އެންމެ ގިނައިން ބޭނުންކުރާ ވަސީލަތަކީ މި ބޭހެވެ. ހާއްސަކޮށް އަބޯޝަން ހެދުން މަނާކޮށްފައިވާ ސްޓޭޓްތަކުގައި މި ބޭސް ބޭނުންކުރުން އިތުރެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ މި ނިންމުމާ މެދު ކޯޓުގެ އެންމެ ކޮންޒަވޭޓިވް ދެ ފަނޑިޔާރުން ކަމަށްވާ ކްލަރެންސް ތޯމަސް އާއި ސެމިއުލް އެލީޓޯ ވަނީ ދެކޮޅު ހައްދަވާފައެވެ.
ފަނޑިޔާރު ތޯމަސް ވިދާޅުވީ ލޫސިއާނާ ފަދަ ސްޓޭޓްތަކުގައި ޕޯސްޓް މެދުވެރިކޮށް މި ބޭސް ފޮނުވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އަދި ބޭސް އުފައްދާ ކުންފުނިތަކުން އެމީހުންގެ ވިޔަފާރީގެ ފައިދާއަށްޓަކައި ކޯޓު އަމުރަކަށް ހުރަސް އެޅުމުގެ ހައްގު ލިބިގެން ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގެ ފެށުމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލޫސިއާނާ ސްޓޭޓުން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނާއި ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ. އެ ސްޓޭޓުން ބުނާ ގޮތުގައި މުޅި ގައުމަށް މި ބޭސް ޕޯސްޓުން ފޮނުވުމަކީ އެ ސްޓޭޓުގެ އެބޯޝަން މަނާކުރުމުގެ ގާނޫނާ ހިލާފު ކަމެކެވެ. މި މަހުގެ ކުރީކޮޅު އެޕީލްސް ކޯޓަކުން ވަނީ މި ބޭސް ހޯދުމަށްޓަކައި އަމިއްލައަށް ޑޮކްޓަރަށް ދައްކަންޖެހޭ ގޮތަށް ވަގުތީ އަމުރެއް ނެރެފައެވެ.
2021 ވަނަ އަހަރު ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެފްޑީއޭ އިން ވަނީ އަމިއްލައަށް ހާޒިރުނުވެ ޓެލެމެޑިސިން މެދުވެރިކޮށް މި ބޭސް ހޯދުމުގެ ފުރުސަތު ދީފައެވެ. އަދި 2023 ވަނަ އަހަރު މި ފުރުސަތު ދާއިމީ ކުރިއެވެ. ނަމަވެސް، 2022 ވަނަ އަހަރު ސުޕްރީމް ކޯޓުން "ރޯ ވީ. ވޭޑް" ގެ ނިންމުން ބާތިލުކުރުމާ ގުޅިގެން، އެމެރިކާގެ 20 އަށްވުރެ ގިނަ ސްޓޭޓުން ވަނީ އަބޯޝަން ހެދުން މަނާކޮށް ނުވަތަ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.
މިފެޕްރިސްޓޯން އަކީ ބަނޑުބޮޑުވުން ނިމުމަކަށް ގެނައުމަށް އެފްޑީއޭ އިން ލަފާދޭ ދެ ބޭހުގެ ތެރެއިން ފުރަތަމަ ބޭހެވެ. ސުޕްރީމް ކޯޓުގެ މި ފަހުގެ ނިންމުމަކީ މި ބޭސް ލިބުމުގެ މަގު ވަގުތީ ގޮތުން ހުޅުވިފައި ބޭއްވުމަށް ލިބުނު ފުރުސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު