ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މުޅި އަހަރު ތެރޭގައި ވެސް ދުނިޔެއަށް އަންނާނެ އެންމެ މަތިވެރި ދުވަސްތައް ކަމަށްވުމާއެކު، އެ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މަތިވެރިކަން" މި މައުޟޫޢަށެވެ. ޚުޠުބާގައި ބަޔާންކޮށްފައިވަނީ މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރެއް ކަމަށެވެ. އެއީ ރަޖަބު މަހާއި، ޛުލްޤައިދާ މަހާއި، ޛުލްޙިއްޖާ މަހާއި އަދި މުޙައްރަމު މަހެވެ. މީގެ ތެރެއިން ވެސް އެންމެ މަތިވެރި މައްސަރަކީ ޙައްޖު މަހެވެ.
ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން ބަޔާންކުރަމުން، ކީރިތި ޤުރްއާނުގެ ފަޖުރު ސޫރަތުގެ ފުރަތަމަ ދެ އާޔަތުގެ މާނައިގައިވާ "ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ." މި އާޔަތުގައިވާ ދިހަ ރޭގެ މުރާދަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ރޭ ކަމަށް ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވާކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މި ދިހަ ދުވަހަކީ ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ޞާލިޙު އަމަލުކުރުމަށް ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއްކަން ކައު އިތުރު ރަސޫލާ ﷺ ގެ ޙަދީޘްފުޅުން އެނގެން އޮތްކަން ވެސް ބަޔާންކޮށްފައިވެއެވެ.
މި ދުވަސްތަކުގައި ކުރެވިދާނެ މަތިވެރި އަމަލުތައް:
ތައުބާވުން: އިޚުލާޞްތެރި ތައުބާއަކުން ތައުބާވެ މި މަތިވެރި ދުވަސްތައް ބައްދަލުކުރުން.
ރޯދަހިފުން: ޚާއްޞަކޮށް ޙައްޖު މަހުގެ 9 ވަނަ ދުވަހު (ޢަރަފާތް ދުވަހު) ރޯދަހިފުމަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވައިދެއްވާނެ އަމަލެކެވެ.
ޛިކުރުކުރުން: ތަސްބީޙައާއި، ތަހުލީލާއި، ތަޙުމީދާއި ތަކުބީރު ގިނަކުރުން. މީގެ އިތުރުން ފަރުޟު ނަމާދުތަކަށް ފަހު ތަކުބީރު ކިޔުމަކީ ސުންނަތެކެވެ.
ޞަދަޤާތްކުރުން: ދީލަތިކަމާއެކު މާތް ﷲގެ މަގުގައި ހޭދަކުރުން.
އުޟުޙިޔާ ކަތިލުން: ޢީދު ނަމާދަށްފަހު އުޟުޙިޔާ ކަތިލުމުގެ މަތިވެރި އަޅުކަން އަދާކުރުން.
ޙައްޖާއި ޢުމްރާ: ކުޅަދާނަކަން ލިބިގެންވާ މީހާ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުން.
ޚުޠުބާގައި އިތުރަށް ނަޞޭޙަތްތެރިވެފައިވަނީ، ހެޔޮ އަމަލުތައް ގިނަކުރުމުގެ އިތުރުން، އެންމެހައި ފާފަތަކާއި ނުބައި އަމަލުތަކުން ދުރުހެލިވުމަށެވެ. ނެތިމޮށުމާއި، ދެބައޮޑުވުމާއި، ފިތުނަ ފަސާދަ އުފެއްދުން ފަދަ ކަންކަމުން ދުރުހެލިވެ، މާތް ﷲގެ ރަޙުމަތަށް އެދި ދުޢާކުރުމުގައި ދެމިތިބުމަށް ޚުޠުބާގައި ވަނީ ބާރުއަޅާފައެވެ.
މި މަތިވެރި ދުވަސްތައް މުސްލިމުންނާ ބައްދަލުކުރާއިރު، އެއީ އާޚިރަތް ބާއްޖަވެރިކުރުމަށް ލިބޭ ރަންގަނޑެއް ފަދަ ފުރުޞަތެއްކަން ހަނދާންކޮށް، ހެޔޮ އަމަލުކުރުމުގައި އަވަސްވެގަތުމަށް މިއަދުގެ ޚުޠުބާގައި ހުރިހާ މުސްލިމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު