އެމެރިކާގެ ޑެންވަރ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް ހުއްދަނެތި ވަތް މީހަކު، ފްރޮންޓިއަރ އެއާލައިންސްގެ ބޯޓެއްގެ އިންޖީނު ތެރެއަށް ދަމައިގަނެ މަރުވި ހާދިސާގެ ތަފްސީލީ އޯޑިއޯ ރެކޯޑިންގްތަކެއް އާންމުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ނިމިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ، ފްރޮންޓިއަރ އެއާލައިންސްގެ ފްލައިޓް 4345 ލޮސް އެންޖެލިސްއަށް ފުރުމަށްޓަކައި ރަންވޭއިން ނައްޓާލަން އުޅެނިކޮށެވެ. ބޯޓުގެ ޕައިލެޓް އެއާ ޓްރެފިކް ކޮންޓްރޯލަށް މައުލޫމާތު ދިން ގޮތުގައި، ބާރު ސްޕީޑުގައި ބޯޓު ދަތުރުކުރަނިކޮށް މީހެއްގެ ގައިގައި ޖެހި، ބޯޓުގެ އިންޖީނުގައި ވަނީ އަލިފާން ރޯވެފައެވެ.
އެއާބަސް 321އޭ މަރުކާގެ މި ބޯޓުގެ ކެބިން ތެރެއަށް ދުން އަރާފައިވީ ނަމަވެސް، ޑެންވަރ ފަޔަރ ޑިޕާޓްމަންޓުން ވަގުތުން ހަރަކާތްތެރިވެ އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، ބޯޓުގައި ތިބި 224 ފަސިންޖަރުން ކުއްލި ހާލަތުގައި ބޭނުންކުރާ ސްލައިޑްތައް މެދުވެރިކޮށް ވަނީ ބޯޓުން ބާލާފައެވެ.
މި ހާދިސާގައި 12 ފަސިންޖަރަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ. އެއާލައިނުން ހާމަކުރި ގޮތުގައި، ރަންވޭއަށް ވަން މީހާ އެ ސަރަހައްދަށް ވަދެފައިވަނީ ބޯޓު އެ ދިމާލަށް އައުމުގެ އެންމެ ދެ މިނެޓު ކުރިން، އެއާޕޯޓުގެ ވަށައިގެންވާ ފެންސުން އަރައިގެންނެވެ. މަރުވި މީހާއަކީ އެއާޕޯޓުގެ މުވައްޒަފެއް ނޫން ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ޓްރާންސްޕޯޓް ސެކްރެޓަރީ ޝޯން ޑަފީ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ، އެއާޕޯޓުގެ ސަލާމަތީ ނިޒާމުތަކާ ޚިލާފަށް އެއްވެސް މީހަކު ރަންވޭއަށް ވަދެގެން ނުވާނެ ކަމަށެވެ. ބޯޓުގައި ތިބި ބައެއް ފަސިންޖަރުން ވަނީ ބޯޓުގެ ފިޔަގަނޑުގައި އަލިފާން ރޯވެ ގޮވި އަޑަށް ބޮޑު ސިހުމެއް ލިބުނު ކަމަށް ބުނެފައެވެ.
މިހާރު މި މައްސަލަ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނާއި ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންނެވެ. ބޯޓުން ބޭލި ފަސިންޖަރުންނަށް އެއާލައިނުން ވަނީ އެމީހުން ދަތުރުކުރަން ހަމަޖެހިފައިވާ ތަންތަނަށް ދިއުމުގެ ދަތުރު ހަމަޖައްސައިދީފައެވެ،

ކިޔުންތެރިންގެ ހިޔާލު