މ. ވޭވަށު ކައުންސިލް މެންބަރުކަން ކާމިޔާބުކުރި އެމްޑީޕީގެ ކެނޑިޑޭޓް އަހުސަން ނަޢީމަށް، ހައިކޯޓުގެ ނިންމުމަކާ ގުޅިގެން އެ ގޮނޑި ގެއްލިއްޖެއެވެ.
ވޭވަށު ކައުންސިލްގެ އާއްމު ދެ މެންބަރުގެ އިންތިހާބު، ދެ ވޯޓުގެ ތަފާތަކުން ކާމިޔާބުކޮށްފައި އޮތީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމްއެވެ. އަހްސަންއަށް 121 ވޯޓު ލިބިފައިވާއިރު، މައްސަލަ ހައިކޯޓަށް ހުށަހެޅި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ.
މި މައްސަލައަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުކަރުދާސް ޕްރިންޓު ކުރިއިރު "ދެލިތަކެއް" ހޭކިފައި ހުރުމުގެ ސަބަބުން، އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފާނެތީ ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު ނަޒީހުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ ދެލި ހޭކިފައި ހުރި 3 ވޯޓުކަރުދާހަކީ ބާތިލު ކަރުދާސްތަކެއް ކަމަށެވެ.
ހައިކޯޓުން ބާތިލުކަމަށް ކަނޑައެޅި މި ތިން ކަރުދާހުގައިވެސް ކައުންސިލް މެންބަރުކަމަށް ވޯޓު ދީފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަހުސަން ނަޢީމަށެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިން އިޢުލާނުކުރި ނަތީޖާއަށް ބަލާއިރު، އަހުސަން ނަޢީމު މި އިންތިޚާބު ކާމިޔާބު ކުރެއްވީ މުހައްމަދު ނަޒީހަށްވުރެ 2 ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ. ނަމަވެސް، ހައިކޯޓުން މި ތިން ވޯޓު ބާތިލުކުރުމާއެކު، މިހާރު 1 ވޯޓުގެ ތަފާތުން އެ ގޮނޑި ކާމިޔާބުވާނީ ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު ނަޒީހަށެވެ.
މި މައްސަލަ ބެއްލެވި ހައިކޯޓުގެ ބެންޗުގެ އިސްފަނޑިޔާރުކަން ކުރެއްވީ ފަނޑިޔާރު މުހައްމަދު ޝަނީޒު އެވެ. މައްސަލަ ނިމިގެން ދިޔައީ ފަނޑިޔާރު ޝަނީޒުގެ ރަޢުޔަށް ފަނޑިޔާރު އަބްދުއްރައޫފު ތާއީދުކުރެއްވުމުން ބެންޗުގެ އަޢުލަބިއްޔަތުންނެވެ. ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު އިބްރާހިމް މާހިރުގެ ރައުޔަކީ އެ ވޯޓުތައް ބާތިލްކޮށް، ނަތީޖާ އަލުން ގުނަން ނުޖެހޭނެ ކަމަށެވެ.
އެ ތިން ވޯޓު ބާތިލު ކުރުމުން، އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު ބަދަލުވީ 118 ވޯޓަށެވެ. އެހެންކަމުން، 119 ވޯޓާއެކު އިންތިހާބު ކާމިޔާބުވާނީ ޕީއެންސީގެ ކެންޑިޑޭޓަށެވެ.
ހައިކޯޓުގެ މި ނިންމުމާއެކު ވޭވަށު ކައުންސިލްގެ އެކުލެވުމަށް މިހާރު ވަނީ ބަދަލު އައިސްފައެވެ. އެގޮތުން އެ ކައުންސިލުގައި ދެން ތިއްބަވާނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކާއި، ޕީއެންސީއަށް ނިސްބަތްވާ 2 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު