ސިޔާސީ ގޮތުން ފިކުރު ތަފާތުވި ނަމަވެސް، ޤައުމުގެ އިގްތިސާދު ހަރުދަނާކޮށް ކުރިއެރުވޭނީ ހުރިހާ ފަރާތްތަކުން އެއްބަސްވެ، ގުޅިގެން ކުރާ މަސައްކަތުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ފެށި "އައްޑޫ ބިޒްނަސް ޑައިލޮގް" ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ ތަރައްގީ ކަށަވަރުކުރުމުގައި މި މަޝްވަރާތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ.
މިނިސްޓަރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހަލުވި ދުވެއްޔެއްގައި ތަރައްގީ ގެނައުމެވެ. އެގޮތުން އައްޑޫ ސިޓީގައި ފެށި މި މަސައްކަތުގެ ތެރެއިން، އެ ސިޓީގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވޭނެ ކަންކަން ހިމަނައިގެން އިގްތިސާދީ ވުޒާރާއިން ކަރުދާހެއް އެކުލަވާލައި، ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މީގެއިތުރުން، އައްޑޫގެ ވިޔަފާރިވެރިންނަށް ހުރި ދަތިތަކާއި ހުރަސްތައް ބަޔާންކޮށް، އެކަންކަން ހައްލުކުރާނެ ގޮތުގެ ޚިޔާލު ހުށަހެޅުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ. މިނިސްޓަރު ވިދާޅުވީ 2027 އިން 2029 އަށް އައްޑޫގައި ކުރިއަށްގެންދާނެ ތަރައްގީގެ މަޝްރޫއުތައް ބައްޓަންކުރާނީ މި މަޝްވަރާތަކުގެ އަލީގައި ކަމަށެވެ.
ވިޔަފާރިވެރިންގެ މެދުގައި ތަފާތު ސިޔާސީ ފިކުރުތައް ހުރި ނަމަވެސް، އިގްތިސާދީ ކުރިއެރުމަށް އެންމެން އެކަތިގަނޑަކަށް ވާންޖެހޭކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ، އަލަށް އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ގާނޫނާއި ޗައިނާއާއެކު ވެފައިވާ މިނިސްޓް ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ކުރިއެރުމުގެ ފުރުސަތުތައް ފަހިވެފައިވާ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، އައްޑޫގައި މިހާރު ކުރިއަށްދާ މި މަސައްކަތަކީ 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ދަށުން ކުރިއަށްގެންދާ "ޕައިލެޓް ޕްރޮޖެކްޓެއް" ކަމުގައި ވިދާޅުވަމުންނެވެ. މި އަމާޒަށް ވާސިލްވުމަށް ސިޓީ ކައުންސިލާއި، މުއައްސަސާތަކުގެ އިތުރުން ހުރިހާ ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު