2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީން ހޯދި ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ބޮޑު ޙަފްލާ އާއި އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވާ މީކާއިލް އަޙްމަދު ނަސީމްގެ ކެމްޕޭން ޖަލްސާ އެއްވަގުތެއްގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ދެ ހަރަކާތްވެސް ތާވަލުކޮށްފައިވަނީ މި ހިނގާ މޭ މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 އަށެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން ބާއްވާ ޚާއްޞަ ޙަފްލާ އޮންނާނީ އެ ޕާޓީގެ މައި އޮފީސް ހުންނަ ހ. ވެޔޮވިލާގައެވެ. މި ޙަފްލާއަކީ ކައުންސިލް އިންތިޚާބުގައި ޕާޓީގެ ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށާއި، ރައްޔިތުން ދެއްވި އިތުބާރަށް ޝުކުރު އަދާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
"ދިވެހީންގެ ރާއްޖެ" ޝިއާރުގެ ދަށުން ބާއްވާ މި ހަރަކާތަށް ޕާޓީގެ ހުރިހާ މެންބަރުންނާއި ތާއީދުކުރާ ފަރާތްތަކަށް ވަނީ ދަޢުވަތު އަރުވާފައެވެ.
ހަމަ އެވަގުތު، މާލޭގެ އާޓިފިޝަލް ބީޗް ސަރަޙައްދުގައި އޮންނާނީ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާ މީކާއިލްގެ ކެމްޕޭންގެ ވަރުގަދަ ޖަލްސާއެކެވެ. މި ޖަލްސާއަކީ އިންތިޚާބާ ގާތްވެފައިވަނިކޮށް، މީކާއިލްގެ ސިޔާސަތުތަކާއި ތަޞައްވުރު އާންމު މެންބަރުންނާ ހިއްސާކުރުމަށް ބާއްވާ ބޮޑު އެއްވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު