އައްޑޫ ސިޓީ-
އައްޑޫ ސިޓީ-
އައްޑޫ ސިޓީގެ އިޤްތިޞާދަށް ހަލުވި ބަދަލުތަކެއް ގެނައުމަށްޓަކައި 2027 އިން 2029 އަށް ޚާއްސަ އިނާޔާތްތަކެއް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސަޢީދު ވިދާޅުވީ، އައްޑޫ ސިޓީއަކީ ވިޔަފާރިވެރިންގެ މައި ހަބަކަށް ހެދުމަށްޓަކައި މި މަހުގެ 13 އަދި 14 ގައި ބާއްވާ ޚާއްސަ މަހާސިންތާގައި ބައިވެރި

ވުމަށް މިހާތަނަށް 500 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމުގެ ދަށުން ބާއްވާ މަހާސިންތާއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިކަން ކުރާނީ ކިހިނެއްތޯ ބަލަން މަހާސިންތާ ބާއްވަނީ،" އައްޑޫގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ދޭންވީ އިންސެންޓިވްސްތައް ދެނެގަތުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި މަހާސިންތާގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި އެފަރާތްތަކުން އެންމެ ބޭނުންވާ ކަންކަން ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދައިދިނުމެވެ.

މި މަހާސިންތާގައި އައްޑޫގެ ވިޔަފާރިވެރިންގެ އިތުރުން، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންނާއި ސަރުކާރު ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވާނެއެވެ. މި މަޝްވަރާތަކަށްފަހު، ވަޒީރުންގެ މަޖިލީހުގައި އެކަންކަން ދިރާސާކޮށް، ސަރުކާރުން ދޭނެ އިނާޔަތްތައް ކަނޑައަޅާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، އައްޑޫގައި މި މޮޑެލް ކާމިޔާބުވެއްޖެނަމަ ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ އިޤްތިޞާދީ މޮޑެލްތައް ތަޢާރަފްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު