މިނިވަން ނޫސްވެރިކަމުގެ ނަމުގައި މީހުންގެ އަބުރު ނަގާލައި، ކޯޓުތަކުން ކުރާ އަމުރުތަކަށް ގޮންޖަހައި ހިތުހުރި ގޮތަކަށް އަމަލުކުރުމަކީ ޑިމޮކްރަސީއެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައީސް މުޢިއްޒަކީ މީޑިއާ އާއި ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި ސިފަކުރަން ވާދަވެރި ސިޔާސީ ޕާޓީތަކުންނާއި ސަރުކާރާ ދެކޮޅު ބައެއް މީޑިއާތަކުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކުރާ ހީލަތްތެރި، ފިތުނަވެރި މަސައްކަތެއް ކަމަށެވެ. އަދި ރައީސް މުޢިއްޒު މަސައްކަތްކުރައްވަނީ މީޑިއާތަކާ ވަރަށް ގާތުން ކަމަށާއި، ކޮންމެ ހަފްތާއަކު އެއްދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރައްވަމުން ގެންދަވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މިނިވަން ނޫސްވެރިކަމަށް ދެއްވަންޖެހޭ ޖާގަ އެބަދެއްވާ. ހަމައެއާއެކު ޝަރުއީ ކޯޓުތަކުން ކުރާ އަމުރުތަކަށް ތަބާވުމާއި، އަދި ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ އަމުރުތަކަށް ގޮންޖަހައި މަސައްކަތްކުރުމުގެ ޖާގަނުދީ ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް. އެމަނިކުފާނު އަދާކުރެއްވީ އެ ޒިންމާ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ކަންތައްތަކެއްގެ މައްޗަށް އެމަނިކުފާނަށް ޒާތީގޮތުން ފުރައްސާރަކުރަން ލިބޭ ފުރުޞަތެއްގެ ގޮތުގައި ބައެއް ނޫސްވެރިން ޤަބޫލުކުރާ ކަމަށެވެ. މިއީ ނޫސްވެރިކަމުގެ އަޚްލާޤީ ހަމަތަކާ ޚިލާފު ކަމެއްކަން ފާހަގަކުރައްވަމުން، "އަދަދު" ނޫހުގެ ނޫސްވެރިޔާގެ ފަރާތުން ފެނުނީ އެފަދަ ދަށުދަރަޖައިގެ އަމަލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝިޔާމްގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ނޫސްވެރިކަމުގެ ތޮފި އަޅައިގެން ބައެއް ފަރާތްތަކުން ކުރާ ޒިންމާދާރުކަން ކުޑަ އަމަލުތަކަކީ، އުސޫލުތަކުގެ މަތިން މަސައްކަތްކުރާ ޒިންމާދާރު ނޫސްވެރިންގެ މަސައްކަތަށްވެސް އެޅޭ ހުރަހެކެވެ.
އަދި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް މަރުޙަބާ ކިޔާނެ ކަމަށާއި، އެމަނިކުފާނަކީ ފަސްޖެހިވަޑައިގަތުމެއް ނެތި ޤާނޫނުގެ ވެރިކަން ނަގަހައްޓަވާނެ، ރައްޔިތުންނަށް އިޚްލާސްތެރި ވެރިއެއް ކަމުގައޮ މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު