ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރގެ ތެރޭގައި ބަޑީގެ ހަމަލާދީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނުކަމަށް ތުހުމަތުކުރެވޭ ޒުވާނާ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް މިއަދު އިންކާރުކޮށްފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކެލިފޯނިއާގެ ޓޮރެންސްއަށް ނިސްބަތްވާ، އުމުރުން 31 އަހަރުގެ ކޯލް ތޯމަސް އެލަން އެވެ. ރައީސް އަވަހާރަކޮށްލަން އުޅުމުގެ ދައުވާ ހިމެނޭހެން، އޭނާގެ މައްޗަށް އުފުލާފައިވާ ފެޑަރަލް ހަތަރު ދައުވާއަށްވެސް އޭނާ އިންކާރުކުރީ ހޯމަ ދުވަހު ކޯޓަށް ހާޒިރުކުރުމުންނެވެ.
އޮރެންޖު ކުލައިގެ ޖަލު ހެދުމުގައި، ބިޑިއަޅުވައިގެން ކޯޓަށް ހާޒިރުކުރި އެލަންގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ، މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުގެ ރޭ ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ބޭއްވި ޖާފަތުގެ ތެރޭގައި ހިނގި ހާދިސާއާ ގުޅިގެންނެވެ. މި ހާދިސާގައި އޭނާ ވަނީ ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިނުމަށް މަސައްކަތް ކޮށްފައެވެ.
އެލަންއަކީ އަމިއްލައަށް ޓިއުޝަން ދޭ މީހެކެވެ. އޭނާ ސެކިއުރިޓީ ޗެކްޕޮއިންޓް ފޫއަޅުވާލާފައި ވަދެގަތީ ރައީސް ޓްރަމްޕާއި، ނައިބު ރައީސް ޖޭ.ޑީ ވެންސް އަދި ސެކްރެޓަރީ އޮފް ހެލްތު ރޮބަޓް އެފް. ކެނެޑީ ޖޫނިއަރ ފަދަ ދައުލަތުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ވަގުތެއްގައެވެ. ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި، އެލަން މި ހަމަލާ ދިނުމަށްޓަކައި އެތައް ދުވަހަކު ރޭލުގައި ދަތުރުކޮށް، ގައުމުގެ އެއްކޮޅުން އަނެއްކޮޅަށް އައިސްފައިވެއެވެ.
ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، އެލަން ތައްޔާރުކޮށްފައިވާ "މެނިފެސްޓޯ" އެއްގައި ޓްރަމްޕްގެ ސަރުކާރުގެ އިސް ބޭފުޅުންނަކީ ހަމަލާދޭންޖެހޭ "އަމާޒުތަކެއް" ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ހާދިސާގައި ޖާފަތުގެ ބައިވެރިއަކަށް އަނިޔާއެއް ނުވި ނަމަވެސް، ހިނގި ކުރިމަތިލުންތަކުގައި ސީކްރެޓް ސާވިސްގެ އެޖެންޓެއްގެ ގަޔަށް ވަޒަން އެރިއެވެ. ނަމަވެސް އޭނާ ބުލެޓްޕްރޫފް ޖެކެޓް އަޅައިގެން ހުރުމުގެ ސަބަބުން ސީރިއަސް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފައެވެ.
ޝަރީއަތް ނިމެންދެން ބަންދުން ދޫކޮށްލުމަށް އެދި ކުރިން ހުށަހެޅި ހުށަހެޅުން އެލަން މިހާރު އަނބުރާ ގެންގޮސްފައިވާއިރު، އޭނާ އަދިވެސް ހުރީ ފެޑަރަލް އިދާރާތަކުގެ ބަންދުގައެވެ.

ކިޔުންތެރިންގެ ހިޔާލު