ދީނީ އިލްމުވެރިޔާ ޝެއިހު އަލީ ޒައިދު
ދީނީ އިލްމުވެރިޔާ ޝެއިހު އަލީ ޒައިދު
މުސްލިމުންނަށް އޮތީ އެއްވެސް ހެއްކެއް ނެތް ވާހަކަ ނުދެއްކުން ކަމަށް ދީނީ އިލްމުވެރިޔާ ޝައިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވައި، މީޑިއާއަކުން ޢާއްމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޝައިހު ޒައިދު ވިދާޅުވީ، ފާހިޝް ކަންކަމުގެ ވާހަކަތައް އެއްވެސް ހެއްކެއް ނެތި ފެތުރުމަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެއް ކަމަށެވެ. އަދި މީހަކު އަމިއްލަ ނަފްސުގެ މައްޗަށް ފާހިޝް ކަމެއް ސާބިތުކުރަން އުޅުނަސް، އެއީ ދޮގެއް ކަމުގައި ވިޔަސް އެފަދަ މީހެއްގެ މައްޗަށް ފިޔަވަޅު އެޅިދާނެ ކަމަށް ޝައިޚް ފާހަގަކުރެއްވިއެވެ.

"އެއީ އެފަދަ އިންސާނަކީ ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައިވާނަމަ! ހެއްކެއް ނެތި، ހަމައެކަނި މީހަކު އައިސް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ވާ އިގުރާރަކުން އަނެކާ އިޖްރާމް ނުކުރެވޭނެ." ޝައިޚް ވިދާޅުވިއެވެ.



އޭގެއިތުރުން ޝައިޚް ވިދާޅުވީ، އަނެކާގެ އަބުރު ކަތިލުމަށްޓަކައި އަމިއްލަ ނަފްސަށް އިގުރާރުވުން ފަދަ ކަންކަމަކީ، ގިނަ ފަހަރަށް ފައިސާ ނުވަތަ ސިޔާސީ ފައިދާއަށްޓަކައި ބައެއް މީހުން ކޮށް އުޅޭ ކަންކަން ކަމުގައެވެ.

ޝެއިހު މިހެން ވިދާޅުވެފައިވާއިރު ކްރިމިނަލް ކޯޓުން އިއްޔެ ވަނީ، ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމު ނުކުރުމަށް އަމުރެއް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު