ރައީސަކަށް ވީތީ ނުވަތަ ވަކި މީހަކަށްވީތީ ކޯޓުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރަން ޖާގަ ދީގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ، ފަނޑިޔާރުން ގޮތް ނިންމަންވާނީ ގާނޫނާއި ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށެވެ. އަދި ވަކި ގޮތަކަށް ކަނޑައަޅާފައި ނުވާ ކަންތައްތަކުގައި، ގާނޫނު އަސާސީގެ 142 ވަނަ މާއްދާ ލާޒިމް ކުރަނީ، އިސްލާމީ ޝަރީއަތާ އެއްގޮތަށް ނިންމުމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.
އަދަދު ނޫހުގެ ޑޮކިއުމެންޓަރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅޭގޮތުން ޖަމީލް ވިދާޅުވީ، އެއީ ގާނޫނީ ނައްޞެއްގެ ހިޔަލެއް ނެތި، ސުޕްރީމް ކޯޓުގެ ދެ އަމުރެއް ނުބައިކޮށް ތަރުޖަމާ ކޮށްގެން ނެރެފައިވާ، ގާނޫނީ ގޮތުން ބިނާ ކަމެއް ނެތް އަމުރެއް ކަމަށެވެ. ނުވަތަ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ހުށަހެޅި ތަރުޖަމާ، ގާނޫނީ ގޮތުން ބެލުމެއްނެތި ހަމައެކަނި ގަބޫލުކޮށްގެން ނެރެފައިވާ އަމުރެއް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"ކޯޓުން ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެއަމުރުގެ ދާއިރާވެސް އަމާޒުކޮށްފައިވަނީ ކަނޑައެޅިފައިވާ ވަކި ޒިއްމާ އަދާކުރާ ބަޔަކަށް. އަމުރުވަނީ ވަކި ގޮތަކަށް މުޢައްޔަން ކުރެވިފައި. ވަކިން ޚާއްސަކޮށް ފަހު އަމުރު އަމާޒުކޮށްފައިވަނީ އަސާސީ ޙައްގު ހިމާޔަތް ކުރާ ފަރާތްތަކުގެ މައްޗަށް. އެއީ ފުލުހުންނާ ޕީޖީން ޖިނާއީ ދައުވާއަކާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތުގެ ޙައްގަށް އުނިކަން ލިބޭ ގޮތަށް ކުށް ސާބިތުވުމުގެ ކުރިން ވާހަކަ ނުދެއްކުމަށް ކޮށްފައިވާ އަމުރެއްކަމަށް ބެލެވޭ." ޖަމީލް ވިދާޅުވިއެވެ.
ޖުމުލަކޮށް ސިޔާސީ ޕާޓީއަކަށް ނުވަތަ އާންމު ރައްޔިތުންނަށް ނިސްބަތްކޮށް، ކޯޓުގެ ހުރުމަތް ނަގާލުމުގެ ނަމުގައި މިފަދަ އަމުރެއް ނެރުމުގެ ގާނޫނީ ބާރެއް ކޯޓުތަކަށް ލިބިގެން ނުވާ ކަމަށާއި، ޖުޑިޝަލް ނިޒާމު ހިނގާ ގޮތަކީ ވެސް އެއީ ނޫން ކަމަށް ޖަމީލް ވިދާޅުވިއެވެ.
"މިއީ ކްރިމިނަލް ކޯޓުން ގާނޫނީ ބާރު ނެތި ކޮށްފައިވާ ގާނޫނީގޮތުން ގޯސް އަމުރެއް. އެކޯޓަށް މިފަދަ އަމުރެއް މިގޮތަށް ނެރުމުގެ ގާނޫނީ ބާރެއް ލިބިގެނެއް ނުވޭ." ޖަމީލް ވިދާޅުވިއެވެ.
ޖަމީލްގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވީ، ގާނޫނު އަސާސީގެ 142 ވަނަ މާއްދާގައި ފަނޑިޔާރުން، އެއްވެސް ފަރާތެއްގެ ނުފޫޒާއި ބިރެއް ނެތި މަސައްކަތް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވަނީ، ހަމަ މިފަދަ ހާލަތްތަކުގައި، ރައީސަކަށް ވީތީ ނުވަތަ ވަކި ނުފޫޒުގަދަ ފަރާތަކަށް ވީތީ ކޯޓުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރަން ދޮރު ހުޅުވައިދީގެން ނުވާނެ ކަމަށް ހަނދާންކޮށްދިނުމަށް ކަމަށެވެ.
މި މައްސަލާގައި ޖިނާއީ އަދުލުގެ ނިޒާމު، ހިނގަމުން ދަނީ ރައީސް ބޭނުންވާ ގޮތަކަށް، ޖަހާ ކޮންމެ ސަކަރާތަކަށް ނަށަން ތައްޔާރަށް ތިބެ ކަމަށް ރައްޔިތުން ގަބޫލު ކުރަމުންދާ ކަމަށް ވެސް ޖަމީލްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ޝަރުއީ ދާއިރާ ހިންގަންވާނީ ގާނޫނުގެ ވެރިކަން ހިމާޔަތްކޮށް، ހުރިހާ ރައްޔިތުންނަށް ހަމަހަމަ އިންސާފެއް ލިބޭ ގޮތަށް ކަމަށާއި، ވަކި ފަރާތަކަށް ތާއީދު ހޯދައިދިނުމަށް ޝަރުއީ ނިޒާމު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޖަމީލްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު