"އަދަދު" ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ފުރިހަމައަށް ބޯލެނބުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުރިހާ ސިޔާސީ ޕާޓީތަކަށް މިރޭ އަންގައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މި އެންގުން އަންގާފައިވަނީ، އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުފެތުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ނެރުމާ ގުޅިގެންނެވެ.
މިކަމާ ގުޅުގެން އީސީ އިން ބުނީ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ކޯޓު އަމުރުގެ ހުދޫދުން ބޭރުނުވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް މިހާރު އިރުޝާދު ދީފައިވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ، އެ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން ވަގުތުން ހުއްޓާލުމަށާއި، އޭގައި ހިމެނޭ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް ނުދެއްކުމަށް އަންގާފައެވެ. މީގެ އިތުރުން، އެ މައްސަލައިގައި ހިމެނޭ ހަސްމުންނާއި ކުށުގެ ޝިކާރައަކަށްވި މީހާގެ ވާހަކަ އެ ޑޮކިއުމެންޓްރީއާ ގުޅުވައިގެން ނުދެއްކުމަށާއި، ޝަރީއަތުގެ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް އާންމު ނުކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި އިތުރަށް ބަޔާންކޮށްފައިވަނީ ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑުވެގެންވާ ފާފައެއް ކަމަށާއި، އެކަން ނަހީކުރައްވާފައިވަނީ އިންސާނާގެ އަބުރާއި އިއްޒަތުއް ނަފުސު ރައްކާތެރިކުރުމަށްޓަކައި ކަމަށެވެ. އަދި ކޯޓަކުން ކުށް ސާބިތުނުވާހާ ހިނދަކު، ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއްގެ ގޮތުގައި ބެލުމުގެ ހައްގު ގާނޫނީ ގޮތުން އޮންނަންވާނެ ކަމަށް ވެސް އެ އަމުރުގައި ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު