ވަރލްޑް ބޭންކް އިމާރާތް
ވަރލްޑް ބޭންކް އިމާރާތް
ވަރލްޑް ބޭންކުން ރާއްޖެއަށް ހާއްސަކޮށް ބޭނުންކުރަމުން އައި، ވަރލްޑް ބޭންކް މޯލްޑިވްސް އެކްސް އެކައުންޓް ބަންދުކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.

ވަރލްޑް ބޭންކް މޯލްޑިވްސް އިން މިއަދު މީސްމީޑިއާގައި ބުނެފައިވަނީ، ރާއްޖެއަށް ހާއްސަކޮށްގެން މީސްމީޑިއާގައި މައުލޫމާތު ހިއްސާކުރަމުންދިޔަ އެކްސް އެކައުންޓް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު ވަރލްޑް ބޭންކުން ވަނީ، އެ ބޭންކަށް ދިވެހިންގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ވަރލްޑް ބޭންކުން ބުނީ މީގެ ފަހުން ރާއްޖޭގެ އިގްތިސާދީ ކަންކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ހިއްސާކުރަމުން ދާނީ ވަރލްޑް ބޭންކް ސައުތު އޭޝިއާގެ މީސްމީޑިއާ އެކައުންޓް މެދުވެރިކޮށް ކަމަށެވެ.



ވަރލްޑް ބޭންކުން ރާއްޖެއަށް ހާއްސަކޮށް ބޭނުންކުރަމުން އައި އެކައުންޓް ބަންދުކުރަން ނިންމި ނަމަވެސް މިކަމާ ގުޅޭގޮތުން ރާއްޖޭގެ ކަމާބެހޭ އިދާރާއަކުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ވާލްޑް ބޭންކުން އެންމެ ފަހުން ނެރެފައިވާ މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓުގައި އިޤްތިޞާދީ ގިނަ ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިލާން ޖެހޭނެކަން ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމާއި، ރާއްޖޭން އަނބުރާ ދައްކަން ޖެހޭ ބޮޑެތި ލޯނުތައް ހުރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު