ރާއްޖޭގެ ސިއްހީ އިންޝުއަރެންސް ނިޒާމު، އާސަންދައިގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެ، އިނާ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފިއެވެ.
ސަރުކާރަށް މިވަގުތު ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ބޭނުން ހިފައި، ބައެއް ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން މި ނިޒާމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ފިރާޤް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންނަށް ދެމެހެއްޓެނިވި ސިއްހީ ޚިދުމަތެއް ފޯރުކޮށްދިނުމަށް އިސްކަންދިނުމުގެ ބަދަލުގައި، މި ނިޒާމުގެ ތެރެއިން ބޮޑެތި މަންފާތަކެއް ހޯދުމަށް ވަކި ޕްރޮވައިޑަރުންތަކެއް ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ ސަބަބުން، ވަކި ބަޔަކު އިންތިހާއަށް މުއްސަނދިވަމުންދާއިރު، މުޅި ސިސްޓަމް ބަގުރޫޓުވުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އާސަންދަ މިހާރު ހިންގަމުންދާ ގޮތާއި އޭގެ ނޭދެވޭ އަސަރުތައް މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އާސަންދަ ނިޒާމަކީ މާލީ ތަނަވަސްކަން ނެތް ބަލިމީހުންނަށް އެހީތެރިވުމަށް އުފެދުނު ނިޒާމަކަށް ވީނަމަވެސް، މިއަދު މި ނިޒާމު ބަދަލުވެފައިވަނީ ގައުމީ އިގްތިސާދުގެ ހަރަދުގައި ހިންގާ "އެކްސްޕްލޮއިޓޭޝަން" ނުވަތަ ނާޖާއިޒު ފައިދާ ނަގާ ޕްލެޓްފޯމަކަށް ކަމަށް ފިރާޤް ސިފަކުރެއްވިއެވެ.
އެއްވެސް ޗެކް ކުރުމެއް ނެތި މިގޮތަށް ކަންކަން ހިނގަމުންދިއުމަކީ ނިޒާމު ފުނޑުފުނޑުވެދާނެ ކަމެއް ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
އިގްތިސާދީ ގޮތުން ބޮޑެތި ދަރަނިތަކެއްގައި އޮވެ، ލޯނު ނަގައިގެން މިފަދަ ނިޒާމެއް ދެމެހެއްޓެނިވި ގޮތެއްގައި ހިންގިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ފިރާޤް ވިދާޅުވިއެވެ.
އެހެންކަމުން، މި ނިޒާމަށް ހާމަކަން ބޮޑު، ހަރުދަނާ "ކޮންޓްރޯލް މެކޭނިޒަމް" ތަކެއް ތައާރަފުކޮށް، ދިގުމުއްދަތުގެ ދެމެހެއްޓެނިވި ބަދަލުތަކެއް ގެނައުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު