ސުލްހައިގެ ހުށަހެޅުމަކަށް އީރާނުން ގޮތެއް ނިންމަނީ އެމެރިކާ އިން ހުށަހަޅައި ފައި އޮއްވާ އޮމާން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ ދެ ތެޔޮ ޓޭންކަރަކަށް ހުކުރު ދުވަހު އެމެރިކާގެ ސިފައިން ހަމަލާދީ، އެ އުޅަނދުތައް ދަތުރުނުކުރެވޭ ވަރަށް ހަމަލާދީ އިތުރަށް ކުރިުަށް ނުދެވޭވަރުކޮށްފިއެވެ.
މި ހަމަލާތަކަކީ އީރާނުގެ ބަނދަރުތަކަށް އުޅަނދުތައް ވަނުން ހުއްޓުވުމަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ހުރަސްތައް ތަންފީޒުކުރުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ ސުލްހައިގެ އެންމެ ފަހުގެ ހުށަހެޅުމަށް އީރާނުގެ ޖަވާބަކަށް ވައިޓް ހައުސްއިން އިންތިޒާރު ކުރަމުންދާ ދަނޑިވަޅެއްގައި ދީފައިވާ ހަމަލާއެކެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާ އަމާޒުކޮށްފައިވަނީ އިސްތިރާޖީ ގޮތުން މުހިންމު ހޯރްމޫޒް ކަނޑުއޮޅި ކައިރިން ދަތުރުކުރި "އެމް.ޓީ ސީ ސްޓާރ" އަދި "އެމް.ޓީ ސެވްދާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ. މަނަވަރު "ޔޫ.އެސް.އެސް ޖޯޖް އެޗް.ޑަބްލިޔު ބުޝް" އިން އުދުއްސާލި އެފް/އޭ-18 ސުޕަ ހޯނެޓް މަތިންދާބޯޓަކުން ދިން މި ހަމަލާގައި އަމާޒުކޮށްފައިވަނީ އުޅަނދުތަކުގެ ދުންހޮޅިތަކަށެވެ. މީގެ ބޭނުމަކީ އުޅަނދުތަކުގެ އިންޖީނު ހުއްޓުވައި ކުރިއަށް ދަތުރުނުކުރެވޭ ގޮތް ހެދުމެވެ. މި މިހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިން ތިބީ އީރާނަށް ވަންނަ އަދި ނުކުންނަ އުޅަނދުތައް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމުގެ އަޒުމުގައި ކަމަށެވެ. މި ހަމަލާތައް ދީފައިވަނީ ޕާކިސްތާނު މެދުވެރިވެގެން ޤާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެފައިވަނިކޮށެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ދެފަރާތުގެ މެދުގައި ބަދަލުކުރެވުނު ހަމަލާތަކުގެ ސަބަބުން މި އެއްބަސްވުން ވަނީ ނާޒުކު ފައްތަރެއްގައެވެ.
ޓްރަމްޕް ސަރުކާރުން ބުނަމުންދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށާއި، މިފަދަ މަދު އަސްކަރީ ފިޔަވަޅުތަކަކީ އެއްބަސްވުމާ ހިލާފު ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އެމެރިކާއިން ދިން މިހަމަލާއާ ގުޅިގެން ސުލްހައިގެ މަޝްވަރާތައް ކާމިޔާބުވާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ނޫސްވެރިންނަށް ވިދާޅުވީ، އީރާނުގެ ރަސްމީ ޖަވާބެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެމެރިކާގެ ހުށަހެޅުމަކީ 30 ދުވަހުގެ މަޝްވަރާގެ މަރުހަލާއެއް ފެށުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. މީގެ މައިގަނޑު މަޤްސަދަކީ ހަނގުރާމަ ހުއްޓާލުމާއި، ހޯރްމޫޒް ކަނޑުއޮޅި އަމާންކަމާއެކު ވިޔަފާރި އުޅަނދުތަކަށް ހުޅުވާލުމެވެ.
ރައީސް ޓްރަމްޕް ވަނީ މިއަށްވުރެ ހަރުކަށި އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހުށަހެޅުން އީރާނުން ޤަބޫލުނުކޮށްފިނަމަ، މިއަށްވުރެ މާ ވަރުގަދަ އަދި ނުރައްކާތެރި ހަމަލާތަކެއް އެމެރިކާއިން ދޭނެއެވެ.
އީރާނުން މި ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިއީ މަޝްވަރާތައް ކުރިއަށްދާ ވަގުތެއްގައި ދިން ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، މިއީ އެމެރިކާއިން އީރާނަށް ފިއްތުންތައް ކުރިމަތިކުރުމަށް ކުރާ ކަމެއް ކަމަށާއި، ނަމަވެސް އީރާނަކީ އެއްވެސް އިރެއްގައި ފިއްތުންތަކަށް ބޯލަނބާނެ ބައެއް ނޫން ކަމަށެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ ހޯރްމޫޒް ކަނޑުއޮޅީގައި ހިނގާ މިފަދަ ހާދިސާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިޤްތިސާދީ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ރައްކާތެރިކަން ދިނުމަށް "ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފައެވެ.
މިހާތަނަށް އީރާނުން އެމެރިކާގެ ސުލްހައިގެ ހުށަހެޅުމަށް ރަސްމީ ޖަވާބެއް ދީފައި ނުވާއިރު، މުހައްލިލުން ޤަބޫލުކުރާ ގޮތުގައި އީރާނުގެ ސަރުކާރުގެ ތެރޭގައި މިކަމާމެދު ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. އެޤައުމުގެ ހަރުކަށި ފިކުރުގެ ފަރާތްތަކުން ބާރުއަޅަމުންދަނީ މަޖުބޫރުކޮށްގެން ނުވަތަ ބިރުދައްކައިގެން ކުރުވާ އެއްވެސް އިޤުރާރެއްގައި ސޮއިނުކުރުމަށެވެ. ނަމަވެސް، މެދުމިނުގެ ފިކުރުގެ ބޭފުޅުން ދެކޭގޮތުގައި މި ހަމަނުޖެހުން ދިގުލައިގެން ދިއުމަކީ އިޤްތިސާދީ ގޮތުން އީރާނު އިތުރަށް އެކަހެރިވެގެންދާނެ ކަމެކެވެ.
މި މަސްރަހު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ދުނިޔޭގެ ބާޒާރުތަކާއި، ގަލްފުގެ ޤައުމުތަކާއި، އަދި ބައިނަލްއަޤްވާމީ މުދާ އުފުލާ ކުންފުނިތަކުން މިހާރު އިންތިޒާރު ކުރަމުންދަނީ މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މުޅިން އުވާލަން ޖެހިދާނެ ފަދަ ނިޝާނެއް ފެނޭތޯއެވެ. ޑިޕްލޮމޭޓުން ސިފަކުރާ ގޮތުގައި މިހާރު އޮތް ސުލްހައަކީ "ކޮންމެ ވަގުތަކުވެސް ރޫޅިދާނެ ފަދަ" ވަރަށް ބަލިކަށި އެއްބަސްވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު